ads
ފްރާންސް ބަލިކޮށް ސްޕެއިނަށް ރަން މެޑަލް
ފްރާންސް ބަލިކޮށް ސްޕެއިނަށް ރަން މެޑަލް
އޮލިމްޕިކްސްގައި ފިރިހެނުންގެ ފުޓްބޯޅައިން ރަން މެޑަލް، ސްޕެއިނުން ހޯދައިފިއެވެ.
Advertisement

އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓްގައި 32 އަހަރަށް ފަހު ސްޕެއިނުން ރަން މެޑެލް ހޯދީ ގޭމްސް ހޯސްޓް ކުރާ ފްރާންސް ބަލިކޮށްގެންނެވެ. ޕާކް ޑެސް ޕްރިންސަސްގައި ކުޅުނު ފައިނަލް މެޗުގައި ސްޕެއިނުން ވަނީ ފަހަތުންއަރައި، 5-3 އިން ފްރާންސް ބަލިކޮށްފައެވެ.

އޮލިމްޕިކްސްގެ ފިރިހެނުންގެ ފުޓްބޯޅައިގައި ސްޕެއިނުން އެންމެ ފަހުން ރަން މެޑެލް ހޯދީ 1992 ވަނަ އަހަރު ބާސެލޯނާގައި ބޭއްވި ގޭމްސްގައެވެ. މީގެއިތުރުން، ސްޕެއިންގެ ޓީމަކުން އޮލިމްޕިކްސްގެ އެއްވެސް ކުޅިވަރެއްގެ ރަން މެޑެލް އެންމެ ފަހުން ހާސިލްކުރީ 1996 ވަނަ އަހަރު އެޓްލާންޓާގައި ބޭއްވުނު އޮލިމްޕިކްސްގައެވެ. އެފަހަރުގެ ގޭމްސްގައި ފިރިހެނުންގެ ވޯޓަރ ޕޯލޯ ޓީމުން ވަނީ ރަން މެޑެލް ހާސިލްކޮށްފައެވެ.

މިއީ މިއަހަރުގެ ތެރޭގައި ސްޕެއިނުގެ ގައުމީ ފުޓްބޯޅަ ޓީމަކުން ކާމިޔާބުކުރި ހަތަރުވަނަ މުބާރާތެވެ. މި އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިނުގެ ސީނިއާ ޓީމުން ކާމިޔާބުކުރިއިރު، އެ ގައުމުގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ 19 އަހަރުން ދަށުގެ ޔޫރަޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް