ads
ރަން މެޑައްުޔާއެކު އިމާން
ފިރިހެންކަމުން މައްސަލަ ބޮޑުވި އިމާންއަށް ރަން މެޑަލް
ހުންނަލެއް ފިރިހެން ކަމުން މައްސަލަ ބޮޑުވެ، އަދި އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވި އަލްޖީރިއާގެ އަންހެން ބޮކްސިން ތެޅުންތެރިޔާ އެންމެ ފަހުން އޮލިމްޕިކްސްއިން ރަން މެޑަލް ހޯދައިފިއެވެ.
Advertisement

އަލްޖީރިއާގެ ބޮކްސިން ޓީމުގައި ހިމެނޭ، އިމާން ޚަލީފް ނަމަކަށް ކިޔާ އެތްލީޓު ފައިނަލަށް ދިޔައީ، ޖަންޖޭމް ސުވާނާފެންގް ބަލިކޮށްގެނެވެ. ތައިލެންޑުގެ ޖަންޖޭމް ސުވާނާފެންގްއަކީ 2023 ވަނަ އަހަރުގެ ދުނިޔޭގެ ރިހި މެޑަލް ހޯދި އެތްލީޓެވެ.

ޖިންސު ކަށަވަރު ނުވާ އެތްލީޓެއްގެ ގޮތުގައި ރިޕޯޓްތައް އާއްމުވި، އިމާން ޚަލީފް މި ފަހަރު މަޝްހޫރުވީ އިޓަލީގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީ ކުޅުންތެރިޔާ މެޗު ދޫކޮށްލުމުންނެވެ. އޭގެ ފަހުން ގިނަ ބަޔަކު އަންނަނީ އިމާންއަށް އެކި ގޮތް ގޮތުން ފުރައްސާރަ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އިމާޏް ޑިސްކޮލިފައިކޮށްފައި ވަނީ އަންހެން އިވެންޓްތަކުގައި ފިރިހެން އެކްސްވައި ކްރޮމޯސޯމް ހުންނަ އެތުލީޓުންނަށް ވާދަ ނުކުރެވޭ އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަން (އައިބީއޭ) ގެ ޝަރުތާ ގުޅޭ ގަވާއިދުގެ ދަށުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް