ads
ސްކޫލަށް ދިން ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ ހަށިތައް ބިންމަތީގައި އަތުރާފައި. -- ފޮޓޯ: އޭއެފްޕީ
ގާޒާ ސްކޫލަކަށް ބޮން އެޅި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ގާޒާގައި ހުންނަ "ތަބްއިން" ސްކޫލަށް އިޒްރޭލުން މިއަދު ދިން ބޮމުގެ ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި އެވެ.
Advertisement

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށި ފަހުން އެއް ހަމަލާއެއްގައި އެންމެ ގިނަ މީހުން ޝަހީދުވި އެއް ހަމަލާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އެހީގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވެ އެވެ.

ހާލުގައި ޖެހިފައިވާ މީހުން ބައިތިއްބާ ސްކޫލްތަކަށް ހަމަލާ ދިނުމަށް ފަހު މީގެ ކުރިން ވެސް ބުނާ ގޮތަށް އިޒްރޭލުން މިފަހަރު ވެސް ބުނީ އެ ތަނުގައި ހަމާސްގެ ހަނގުރާމަވެރިން ފިލައިގެން އުޅޭ ކަމަށެވެ. އެކަމަކު ހަމާސް އިން އަބަދުވެސް ބުނަމުންދަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި އާންމުން އުޅޭ އެހެން ތަންތަން އަސްކަރީ ކަންކަމަށް ބޭނުން ނުކުރާ ކަމަށެވެ.

މި ކަން އެންމެ ހަރުކަށި އިބާރާޓުން ކުށްވެރިކޮށް، ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ އަސާސީ އުސޫލުތަކާ ސާފުކޮށް ހިލާފު އަމަލުތަކެއް ކަމަށެވެ.

your imageއިޒްރޭލުން ހަމަލާދިން ޣައްޒާގެ ސްކޫލްގެ ގޯތިތެރޭ ބަޔަކު މަޑުކޮށްލައިގެން: ހަމަލާގައި ޝަހީދުވި އަދަދު ވަނީ 100 އަށް އަރާނެ ކަމަށް ބެލެވޭ. - ފޮޓޯ: އޭއެފްޕީ

އެ ގޮތުން ކުށެއްނެތް އާންމުންނަށް ދޭ މި ހަމަލާތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ދެމިއޮންނަ ސުލްހައެއް ހޯދުމަށް މަސައްކަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލައިފަ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ރާއްޖޭން އަބަދު ވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް އެ ގައުމުގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލުމުގައި ރާއްޖޭން ދެމިތިބޭނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް