ads
އައްލޫ އަރްޖުން---
އައްލޫ އަރްޖުންގެ އުފަންދުވަހު ސަޕޯޓަރުންނަށް ހާއްސަ ހަދިޔާއެއް!
ތެލުގީ އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު އައްލޫ އަރްޖުންގެ އުފަންދުވަހު ސަޕޯޓަރުންނަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.

މިއަދު އައްލޫ އަރްޖުން އަށް 37 އަހަރު ފުރިފައިވާއިރު ގިނަ ބަޔަކު ވަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުންނެވެ. އަދި ސަޕޯޓަރުން އަންނަނީ އޭނާ އަށް ހަދިޔާ އާއި ކޭކު ވެސް ފޮނުވަމުންނެވެ.

އުފަންދުވަހު އައްލޫ އަރްޖުން ވެސް ވަނީ ސަޕޯޓަރުންނަށް ހާއްސަ ހަދިޔާއެއް ދީފައެވެ. އެގޮތުން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ކުރިއަށް އޮތް ފިލްމު "ޕުޝްޕާ" ގެ ފުރަތަމަ ޕޯސްޓަރުތައް ދައްކާލާފައެވެ.

އެޕޯސްޓަރުން އައްލޫ އަރްޖުން ފެނިގެންދަނީ ވަރަށް ތަފާތުކޮށެވެ. ގިނަ ބަޔަކަށް އައްލޫ އަރްޖުންގެ އެ ފެނިލުން ކަމުގޮސްފައިވާއިރު ފިލްމު ނެރޭނެ ދުވަހެއްގައި ތިބިކަމަށް ގިނަ ސަޕޯޓަރުން ވަނީ ބުނެފައެވެ.

"ޕުޝްޕާ އަކީ ސުކުމާރް ގަރު ޑައިރެކްޓު ކުރާ ފިލްމެކެވެ. އެފިލްމު ފަސް ބަހުރުވައަކުން ނެރުމަށް ވަނީ ނިންމާފައެވެ. ފިލްމުގައި އައްލޫ އަރްޖުން އާއެކު ފެނިގެންދަނީ ރަމިޝްކާ އެވެ.

އައްލޫ އަރްޖުން އަކީ ތެލުގޫ އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ އެކްޓަރެކެވެ. އެތައް ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އައްލޫ އަރްޖުން މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "އާރްޔާ" އާއި "ޑީޖޭ" އާއި "ރޭސް ގަރަމް" އާއި "ސަން އޮފް ސަތުރަމުރްތީ" އާއި "އައްލޫ ކި އައްޔާރިޔާ" އަދި "ނާ ޕޭރު ސޫރްޔާ، ނާ އިއްލު އިންޑިއާ" ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް