އެ ސިޓީން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ހާރިޖީ ވަޒީރު މުސާ ޒަމީރާއި އައްޑީ ސީޓިގެ މޭޔަރު އަލީ ނިޒާރުއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޖައިޝަންކަރު އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި
އިންޓަގްރޭޓެޑް ޓްއަރިޒަމަށް އައްޑޫ ހަންކެޑަ ތަރައްޤީކުރުމަށް ފެށި މަޝްރޫއުގައި ހިމެނޭ ބްރިޖުގައި މަސައްކަތް ނިންމާ އފްތިތާހު ކުރުން އޮންނާނެކަމަށެވެ. މީގެއިތުރުން އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގި މަޝްރޫއު ނިންމާ ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުތަކީ ރާއްޖެއާއި އިންޑިއާގެ އެގްޒިމް ބޭންކާއި އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކެރެޑިޓް ފެސިލިޓީޒް އެއްބަސްވުމުގެ ދަށުން ހިންގުނު މަޝްރޫއުތަކެވެެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.
ހަންކެޑަ ބްރިޖު މިއަދު އިފްތިތާހުކުރި ނަމަވެސް އެ ބްރިޖު އާއްމުކޮށް ހުޅުވާލާނީ އަންނަމަހުކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.
ހަންކެޑަ ބްރިޖުގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުން 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. އައްޑޫ މަގު ހެދުމުގެ މަޝްރޫއާއި އެކު ހެދި ހަތަރު ލޭންގެ މި ބްރިޖުގެ ދިގުމިނުގައި 1.4 ކިލޯ މީޓަރު ހުރެއެވެ. ބްރިޖުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް 16 ވަނަދުވަހުއެވެ
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކޮށް 8000 އެނދު ތަރައްޤީކުރުމަކީ މިދިޔަ ސަރުކާރުގެ ވައުދެކެވެ. އަދި މި މަސައްކަތުގެ ދަށުން މި މަޝްރޫއު ހިންގުމަށްް މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްްއެމްސީ) އިން ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.
ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގައި އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ނިންމާލާފައެވެ.