ads
އެމްއެމްއޭ
ބޭންކްތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތް ހަދައިފި
ބޭންކުތަކުގެ ބޯޑަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) ގަވާއިދު އިސްލާހުކޮށްފިއެވެ.
Advertisement

މި ގަވާއިދުގައި ކުރިން އޮތް ގޮތުން ސަރުކާރުގެ ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސް އައްޔަންކުރައްވާފައިވާ މީހެއް ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެއެވެ.

އަލަށް ގަވާއިދަށް ގެނައި އިސްލާހުން ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ފައިނޭންސް ކުންފުނިތަކުގެ ބޯޑަށް އައްޔަން ނުކުރެވޭނީ ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ބޭފުޅާ ނުވަތަ ކެބިނެޓް މެންބަރެއް އައްޔަން ނުކުރެވޭނެއެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ބަދަލުކުރުމުގެ ބޭނުމުގައި އެ އިދާރާގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެންނެސްފައި މިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އާ ގަވަރުނަރުގެ މަގާމާއި ހަވާލުވިތާ ހަތަރު ދުވަސް ފަހުންނެވެ. 

އޮނިގަނޑަށް ގެނައި އެންމެ މުހިއްމު ބަދަލެއްގެ ގޮތުގައި އޮތީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމެވެ. 

އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލުމާއި އެކު އެ މަގާމުގައި ތިއްބެވި ބޭފުޅުން އެޑްވައިޒަރުންގެ މަގާމަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. އެސިސްޓެންޓް ގަވަރުނަރުގެ ގޮތުގައި މި ވަގުތު އެމްއެމްއޭގައި ތިން ބޭފުޅުން ތިއްބަވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް