މި ދެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިޔާއާއެކު ހެދި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން އެ ގައުމުގެ އެގްޒިމް ބޭންކުން ދޭން ހަމަޖެހުނު 800 މިލިއަން ޑޮލަރުގެ ތެރެއިން ހިންގާފައިވާ ދެ މަޝްރޫއެވެ.
މި ދެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރާއި، ރާާއްޖޭގެ ހާރިޖީވަޒީރު މޫސާ ޒަމީރު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެންވަޔަރަމެންޓު މިނިސްޓަރު ބައިވެރިވެވަޑައިގެންންވި އެވެ.
ފަތުރުވެރިކަމަށް ހާއްސަކޮށް އައްޑޫގައި 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ހަންކެޑެ ހިމެނޭ ގޮތަށް މަރަދޫ އާއި ހިތަދޫ ގުޅާލާ ހަތަރު ލޭންގެ 1.46 ކިލޯމީޓަރުގެ ޑީޓުއާ ލިންކް ރޯޑަކީ މާލެ ސަރަހައްދުން ބޭރުގައި ރާއްޖޭގައި ކުރިއަށް ގެންދެވުނު އެފަދަ ފުރަތަމަ މަޝްރޫއު ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މީގެ އިތުރުން އައްޑޫގައި މިހާރު ނިމެމުންދާ މަގުތައް ތަރައްގީކުރުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުތަކާއެކު ފެން ބޮޑުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަން މުއްތަލިބް ފާހަގަކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވި ގޮތުގައި މިދިޔަ ދެ ތިން އަހަރުގެ ތެރޭގައި އިންޑިއާ އިން ވަނީ 220 މިލިއަން ޑޮލަރުގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށް ގެންގޮސްފަ އެވެ. އެ އިން ވެސް އަންގައިދެނީ އިންޑިއާ އިން ރާއްޖޭގެ ސަރަހައްދީ ތަރައްގީ އަށް ދޭ އިސްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތަކީ އައްޑޫ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް މުހިއްމު މަޝްރޫއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަރަދޫ އާއި ހިތަދޫ ގުޅާލާ އަޅާފައިވާ 1.46 ކިލޯ މީޓަރުގެ ލިންކު ރޯޑަކީ މާލެ ސަރަހައްދުން ބޭރުގައި ތަރައްގީ ކުރި މިފަދަ ފުރަތަމަ ބުރިޖް ކަމަށެވެ.