ads
ރައީސް މުއިއްޒާއި ޖައިޝަންކަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިންޑިއާ ބާކީއެއް ނުކުރަން، މައާފަށް އެދޭކަށް ނުޖެހޭ: ރައީސް
މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އެއްވެސް އިރަކު އަވައްޓެރި އިންޑިއާ ބާކީ ނުކުރާކަމަށާއި މައާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒި ވިދާޅުވެއްޖެެއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޑރ، މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން ކުރިއަށް ދިޔުން ކަމަށާއި އެއީ ރިޔާސީ މެނިފެސްޓޯގައި ވެސް އިއުލާންކުރެއްވި ގޮތްކަމަށެވެ. 

އަދި އޭރުވެސް އިންޑިއާ ބާކީ ނުކުރައްވާ ކަމަށާއި މިއަދުވެސް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެ ސިޔާސަތު ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

" އެ ސިޔާސަތުން ކަސިޔާރުވެގެން އެއްކައިރިއަށް ދިޔަ އެއްވެސް ވަގުތެއް ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން މައާފަށް އެދެން ޖެހޭ ސަބަބެއް ނެތެއްނޫންތޯ." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކަށްވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުންކަމަށާއި އެކަން މަޝްވަރާގެ މަތިން ހައްލުކޮށް އިންޑިއާ ސިފައިން ފޮނުވާލާފައިވާކަން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ރާއްޖެއަށް އިންޑިއާގެ ފަރާތުން ލިބޭ އެހީތަކާއި ފައިދާތައްވެސް ލިބެމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" ކާޑުގެ ކޯޓާ އެހެން އެއްވެސް ގައުމަކަށް ނުދޭ މިންވަރަށް ރާއްޖެއަށް ދީފި މިހާރު ވެސް. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެއްވާނެ. އަދި އަޅުގަނޑުމެން ދައްކަން ހުރި ދަރަނިތައް ވެސް ރޯލް އޯވާކޮށް ދިނުމާއި އެތައް ކަމެއް އެބަ ކޮށްދެއްވާ." ރައީސް ވިދާޅުވިއެވެ.

އިންޑިއާއި ގުޅުން ބަދަހިކޮށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ކިޔާކަމަށް ރޭ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގުނު ހަގީގަތާ ހިލާފު ފިތުނަވެރި ކެމްޕެއިނެއްކަން ފާހަގަކޮށް ރައްޔިތުން ކިބައިން ސަރުކާރުން މައާފަށް އެދެންޖެހޭކަމަަށްވެސް އިދިކޮޅޫ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވަނީ ވިދާޅުވެފައެވެ. 

އިންޑިއާ ރާއްޖޭގެ ގުޅުމުގެ ތެރެއިން އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިހާރު ގެންދަވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި ކައިޝަންކަރު ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާފައިވާ ބައެއް މަޝްރޫތަކުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް