އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނާނީ މިމަހު ރާއްޖޭގައެވެ. ގައުމީ ޓީމުގެ އެތުލީޓުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖެއިން 14 އެތުލީޓުން ވާދަކުރެއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ރާއްޖޭގައި ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފައިވަނީ ތުލުސްދޫގައެވެ. މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އޭޝިއަން ރޭންކިންގެ ސިލްވަރ މެޑަލް ލިބިފައިވާއިރު ޓީމް އިވެންޓުން ބްރޯންޒް މެޑަލްވެސް މިދިޔަ އަހަރުގެ މުބާރާތުން ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި މީގެ އިތުރު މެންސް ކެޓަގަރީގެ ބްރޯންޒް މެޑަލް ރާއްޖޭގެ ހުސެއިން އަރީފު (އިބޫ) އަށް ވަނީ ލިބިފައެވެ.