ads
މޭޔަރު އާދަމ އާޒިމް އާއި ރައީސް ޑރ. މުއިއްޒު
"ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލާއެކު ރައްޔިތުންގެ ތަމްސީލުވުން ކުޑަ ނުވާނެ"
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލާއެކު ރައްޔިތުން ތަމްސީލްކުރާ މިންވަރުވެސް ކުޑައެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ކަމެއްވެސް ބޭނުންފުޅު ވަނީ ކައުންސިލްއާ ގުޅިގެން ދިޔުމަށްކަމަށާއި މާލޭ ސިޓީ ކައުންސިލުން ރައްޔިތުނަށް ހިދުމަތް ދިނުމުގައި ސަރުކާރުގެ ފަރާތުން ފުރިހަަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ދެއްވި އެވެ.

ދުވަހުން ދުވަަހަށް މިނުސިޕަލް ހިދުމަތް ދިނުމުގައި ކަމަށްވިޔަސް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހަމައަށް ސިޓީ ކައުންސިލްގެ ފަރާތުން ގެނެސްދޭނެ މަގެއް ހޯދައި  ފަސެހަކަމާއިއެކު ކުރެވޭނެ ގޮތެއް މަގުފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ކަންކަން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަަކާ ހަމައަށް ފޯރުކޮށްދިނުން ކަމުގައި ވިޔަސް ކަންކަން ކުރުމުގައި ފަސޭހަކޮށްދޭނަމޭ، އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ، ހަަމައެކަނި އަޅުގަނޑު ބޭނުން ވެގެން މިއުޅެނީ މި ނިޒާމުގެ އެފިޝެންީ އިތުރުކުރަން ކުރިއަށް އޮތްތާގައި ކުރަން ހުރި ކަންކަން މިހާރަށްވުރެ ފުރިހަމައަށް ކުރުމުގެ ކަންތައް ތަކެއް ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކެއްގެ ވާހަކަަ" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

 ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހަރުދަނާ ކުރުމަށް ބަދަލު ގެންނައިރު ރައްޔިތުންގެ ރެޕްރެސެންޓޭޝަން ނުވަތަ ތަމްސީލުވާ މިންވަރު އެންމެ ތަންކޮޅެއްވެސް ކުޑަވާކަށް ބޭނުމެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ ރެޕްރެސެންޓޭޝަން އޮންނަންޖެހޭ ނަަމަވެސް ކުރިއަށްގެންދާނީ މިހާރަށްވުރެ ތަންކޮޅެއް ބަރުހެލިކަން ކުޑަ ގޮތަކަށްކަން ރައީސް ވިދާޅުވި އެވެ. 

އެގޮތުން މިހާރަށްވުރެ ބައެއް ރަށްރަށުގައި ހުންނަ ކައުންސިލުންގެ އަދަދު މަދުވެގެންދާނެކަމަށާއި އެހެންނަމަވެސް ލާމަރުކަޒީ ނިޒާމް މިހާރަށްވުރެ ފުރިހަމަވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

"މާލޭގައި ރަށްރަށާ ހިލާފަށް އެހާ ކުޑައެއް ނުކުރެވޭނެ، މާލޭގެ އާބާދީވެސް ބޮޑު، މިހާރުވެސް ތިބޭފުޅުން ކޮންމެ ދުވަހަކު ކުރާ މަސައްކަތުގައިވެސް އަވަދިނެތި ތި އުޅުއްވަނީ ، އަދަދު މާބޮޑަށް މަދުވެއްޖެއާމުން ބަލަަހައްޓަން ޖެހޭ ޖާގަވެސް ބޮޑުވާނެ މާލެއަކުއެއް އެހެން މަދެއް ނުކުރެވޭނެ، ދާއިރާތައް މަދެއް ނުކުރެވޭނެ" ރައިސް މުއިއްޒު ވިދާޅުވި އެވެ.

ރަށު ކައުންސިލަރުންގެ އަދަދު މަދުކުރައްވާނެ ކަމަށާއި އަދި އަދި އަތޮޅު ކައުންސިލްއަށްވެސް ބައެއް ބަދަލު ގެންނަވާނެކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެކަން އުސޫލަށް ކުރެވިއްޖެ ނަމަ ދައުލަތުން ކުރާ ހަރަދުގެ ބޮޑު މިންވަރެއް ސަލާމަތް ކުރެވޭނެ ކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ސަލަމަތް ކުރެވެ ފައިސާ އިން ރައްޔިތުންނަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭނަކަމަށެވެ.

އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަަށަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ ކަމަަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް