ނިޒާރު މިހެން ވިދާޅުވީ، އިންޑިއާއިން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް މިއަދު އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫއިން ހިތަދޫއަށް އޮންނަ ލިންކް ރޯޑަކީ 20 އަހަރުވީ ހަރަދު ކުޑަކޮށް ހަދާފައި ހުރި ލިންކް ރޯޑެއް ކަމަށާއި، އެ ޕްރޮޖެކްޓް ތެރޭގައި ހެދި ހުރިހާ މަގެއް ގާތްގަނޑަކަށް ހަލާކުވެއްޖެ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ، އައްޑޫސިޓީގެ ތަރަށްގީއަށް ހަންކެޑޭ އޮތީ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ކަމަށާއި، މިހާރުވެސް 20 މިލިޔަން ޑޮލަރު ހަރަދު ކުރެވިފަވާ ކަމަށެވެ. އެހެންކަމުން ހަންކެޑޭ ތަރައްގީ ކުރުމަކީ އައްޑުގެ ކައުންސިލުން ބޭނުންވާ އެއްމެ މުހިންމު ކަންތަށް ކަމަށެވެ.