ads
ކަމަނާގެ އޮފިޝަލް ޕޯސްޓަރެއްް: ފިލްމުގެ ޓިކެޓް ބާރު ސްޕީޑެއް ގައި ދަނީ ވިކެމުން
"ކަމަނާ" އަށް އޮތް ޑިމާންޑް ބޮޑުވެ، ބައެއް ޝޯތައް ދަންވަރަށް
ފިލްމު "ކަމަނާ" ޓިކެޓް ވިއްކަން ފެށުމާ އެކީ ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅިގެން އެ ފިލްމުގެ ޝޯތައް ދަންވަރު ވެސް ދައްކާ ގޮތަށް ނިންމައިފި އެވެ.
Advertisement

މި ފިލްމު ރިލީޒް ކުރާނީ މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގަ އެވެ.

ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިން ހުށަހަޅައިދޭ މި ފިލްމު އޮލިމްޕަހުގައި ދެއްްކުމަށް ހަމަޖެހިފައިވާ މުއްދަތު ގައި ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ 8:30 ގެ ޝޯގެ އިތުރުން 11:30 ގެ ޝޯގެ ޓިކެޓް މިއަދުން ފެށިގެން ވިއްކަން ފަށަން ވަނީ ނިންމާފަ އެވެ. 7458800 އަށް ވައިބާ ކޮށްގެން ވެސް ޓިކެޓް ގަނެވޭނެ އެވެ.

"ފިލްމަށް ޑިމާންޑް އޮތްވަރުން 19 ދުވަހުން ފިލްމް ބަލަން ބޭނުންވާ އެންމެނަށް ފިލްމު ބެލުމުގެ ފުރުސަތު ނުލިބިދާނެތީ ހަފުތާ ބަންދުގައި އިތުރު ޝޯތަކެއް ދައްކަން ނިންމީ." އެ ސްޓޫޑިއޯ އިން ބުންޏެވެ.

ފިލްމުގެ އެންމެ ހާއްސަ ކަމަކީ ރިމްޝާގެ ރޯލު ކުޅުމަށް އައްޒަ އޭނާގެ ހަށިގަނޑަށް ގެންނަން ޖެހުނު ބަދަލު ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެ އެވެ. އަދި މިއީ އައްޒަ އާއި ޔޫއްޕެ އެކުގައި މިފަދަ ރޯލަކުން ވެސް ފެންނާނެ އެންމެ ފުރަތަމަ ފަހަރެވެ.

އާޝާގެ އިތުރުން ދަރާ ރަޝީދު، މުހައްމަދު މަނިކު އަދި ނަތާގެ ރޯލަކީ ވެސް ފިލްމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ކެރެކްޓާތަކެކެވެ.  

"ކަމަނާ" އަކީ ރާއްޖޭގައި އާންމުވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއް ކަމުގައިވާ ގެވެށި އަނިޔާ ކުރުމާއި ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ހަގީގީ ހާދިސާ އަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެންނަ ގޮތުން ފިލްމުގެ ބަތަލާ އައްޒަ އިންނަނީ ބަލިވެ އެވެ. ބަނޑުގައި އަތްއަޅާލައިގެން ހުންނައިރު މޫނުގައި ވަނީ ޒަހަމުތަކެވެ. ލޮލުން ފެންނަނީ އަނިޔާގެ އަސަރެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިން ވަނަ ފިލްމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް