ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުން ލަފާކޮށް، އަލްޖަޒީރާ އިން ގެނެސްދިން ވެދާ ރިޕޯޓުގައި މިއަދު ބުނީ، މާލެ އަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި 1 މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މި ހަފްތާގެ ހުރިހާ ދުވަހަކު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިންވެސް ވަނީ ބުނެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ވަނީ މުޅި ރާއްޖެއަށް އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދުގެ 09:00 އިން ފެށިގެން 15:00 އަށެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 30.8 މިލި މީޓަރުގެ ވާރޭވަނީ ވެހިފައެވެ. އަދި ހުޅުލެއަށް 59.5 މިލިމީޓަރު ހުޅުމާލެއަށް 31.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 30.8 މިލިމީޓަރު ވާރޭވެހިފަ އެވެ. ހުޅުލެއަށް 59.4 މިލިމީޓަރުގެ ވާރޭ އަދި ހުޅުމާލެއަށް 31.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި ގަޑިއަކި 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނިގައި ވައަިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް މޫޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.