ads
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ވިދާޅުވީ ޝަކުވާއެއް އޮތްނަމަ ރައީސް ސޯލިހުގެ ސަރުކާރުން ދޫކުރި ބިމާއި ފްލެޓު ލިސްޓު ރިވިއުކުރާނެ ކަމަށް - ފޮޓޯ:ހައުސިން މިނިސްޓްރީ
ގުޅިފަޅުން ގޯތި ދޭނެ ދުވަހެއް ނޭގޭ، ބިން ހިއްކަން އެމްޓީސީސީއަށް
ގުޅިފަޅުން ގޯތި ދެވޭނެ ދުވަހެެއް ނޭގޭ ކަމަށާއި ގުޅީ ފަޅު ހިއްކަން އެމްޓީސީސީއާއި ހަވާލުކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް މަޖިލީހުގައި މިއަދު ޖަވާބު ދެއްވަމުންނެވެ. 

ވަޒީރު ވިދާޅުވީ ގުޅިފަޅުން ގޯތި ދެވޭނީ ބްރިޖުގެ މަސައްކަތް ނިންމުމުންނާއި ބަކީ ހިއްކަން ޖެހޭ ސަރަހައްދު ހިއްކާ ނިމުމުންކަމަށެވެ. އެގޮތުން ގުޅިފަޅު ބިމުން އަދި 5 ހެކްޓަރު ބިން ހިއްކަން ޖެހޭކަމަށާއި އެކަން އެމްޓީސީސީއާއި ހަވާލުކުރަން މަޝްވަރާކުރަމުންދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރޔު ވިދާޅުވެފައިވާކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ބިން ހިއްކާ ނިންމާފަ ނޫނީ އެ ގޯތިތަކެއް ހަވާލެއް ނުކުރެވޭނެ. އެ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމަށް އަޅުގަނޑަށް ބިނާރާ ބެހޭ ވަޒީރު ވިދާޅުވީ އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްގެން ގެންދަން މަޝްވަރާކުރަމުން ގެންދާކަމަށް ނިމޭނެ ވަކި ދުވަހެއްވެސް ވިދާޅެއް ނުވޭ. އެހެންކަމުން ެއެ ބިން ހިއްކުނު އިރަކުން، އަދި 85 ހެކްޓަރު ހިއްކަން އެބައޮތް އެތަނުން ހިއްކާ ނިމުނީމަ ގޯތިތައް ހަވާލުކުރެވޭނީ." ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ވަޒީރު ހައިދަރު ވިދާޅުވީ ގުޅިފަޅުން ބިން ދޫކުރެވޭބީ ބްރިޖުގެ މަސައްކަތްވެސް ނިމުމުންކަމަށެވެ. ސަބަބަކީ އެކަމަށް ބޭނުންވާ ބައެއް ހެވީ ވެހިކަލް އެތަނުން ދުއްވާތީކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

" ގުޅީފަޅަކީ މި ވަގުތު ބްރިޖު މަސައްކަތަށް މިވަގުތު ބޭނުންކުރަމުންދާ ސައިޓަކަށް ވާތީ އެސައިޓް އެތަނުން ހުސްކުރެވޭނެކަމަށް އަޅުގަޑަށް މައުލޫމާތުލިބިފައި އޮތީ މި އަންނަ އަހަރުގެ ސެޕްޓަމްބަރުހާ ތަނަށް. އެހެންވީމަ ބިން އެތަނުން ދޫކުރެވޭނީ އެ މަސައްކަތް ނިމުމުން." ހައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ގުޅިފަޅުގެ ކަންކަން ރާވާފައިވަނީ އެތަނުގައި މީހުންނަށް ދިރިއުޅެވޭ ގޮތަށް ނޫން ކަމަށެވެ. އަލުން ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާ ގުޅިފަޅުން ގޯތި ލިބުނު މީހުންނާއި މަޝްވަރާކޮށް ބަދަލުތައް ގެނެސް، މިހާރު އޮތީ ފާސްކުރުމުގެ ފަހު މަރުހަލާގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް