ރައްޔިތުން މަޖިލީހުގައި މިއަދު ކުރިޔަށްދިޔައީ ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހި ސްކީމްތަކާއި ގުޅިގެން އެ ތަންތަން ހަވާލުކުރާނެ ދުވަހެއް ބެލުމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރާއި ސުވާލުކުރުމެވެ.
މިނިސްޓަރާއި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދިޔަ ގޮތުން އެމްޑީޕީއަށް ނިސްބަތްވެޑައިގަންނަވާ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވާ ނުރުހުން ފާޅުކުރެއްވި. އެ މެމްބަރުން މިނިސްޓަރު ޖަވާބު ދާރީވެޑައިގަންވަމަުން ގެންދަވީ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކާގޮތަށް ޖެއްސުމުގެ ރާގެއްގައިކަމަށެވެ.
މަޖިލީހުގައި މައްސަލަ ބޮޑުވީ އެމްޑީޕީގެ މެމްބަރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ވަޒީރު ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ ނިޒާމީ ނުކުތާ ނަންގަވާ ވާހަކަ ދައްކަން ފެށުމުންނެވެ.
މި ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެއީ ނިޒާމީ ނުކުތާއެއް ނޫންކަމަށް ވިދާޅުވެ މެމްބަރު އިށީންނެވުމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މނިސްޓަރު ފެނިވަޑައިގަންނަވާ ގޮތަށް ޖަވާބު ދެއްވިކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ އެ ޖަވާބާއި އެކު މަޖިލީހުގައި އަޑުގަދަވެ ފުލުފުލުގައި އެމްޑީޕީއަށް ނިސްބަތްވާ 3 މެމްބަރުންގެ ނަން ރިޔާސަތުން ވަނީ އިއްވަވާފައެެވެ.
ނަން އިއްވި މެމްބަރުން
ހުސެއިން ޒިޔާދު / ވައިކަރަދޫ ދާއިރާގެ މެމްބަރު
އިބްރާހިމް ނާޒިލް / ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު
ބ. ކެންދޫ ދާއިރާގެ / މެމްބަރު މައުރޫފް ޒާކިރު
މުހައްމަދު ނިއުޝާދު / ކެޔޮދޫ ދާއިރާގެ މެމްބަރު
މެމްބަރުންގެ ނަން އިއްވުމަށް ފަހު ރިޔާސަތުން ވަނީ މަޖިލީހުގެ ދަންފަޅި މެދުކަނޑާލަނީކަން އިއުލާންކުރައްވާ 11 ޖަހާއިރު މަޖިލިސް އަލުން ފަށާނެކަަމަށް ވިދާޅުވެ ޖަލްސާ މަދުކަނޑާލައްވާފައެވެ.