ads
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ހައިދަރު މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -ފޮޓޯ/ މަޖިލިސް
ގުޅިފަޅުން ގޯތި ދެވޭނީ ބުރިޖުގެ މަސައްކަތް ނިމުމުން: ހައިދަރު
ކުރީ ސަރުކާރުން ގުޅިފަޅުން ދޫކޮށްފައިވާ ގޯތި ހަވާލުކުރެވޭނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ސައިޓު ހުސްކޮށް، ބިން ހިއްކައި ނިމުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުޅިފަޅުން ބިން ލިބުނު މީހުންނާ ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް މިވަގުތު ކަނޑައަޅަން ދަތިވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

ހައިދަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ހިނގަމުންދާ ވަގުތު އެތަނުގައި ހެވީ ވެހިކަލްތައް ދަތުރުކުރަމުންދާތީވެ އިން ވަކިކުރަން ކުރިން ޖެހި ހަންމުޑިތައް ވެސް ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ބިން ދޫކުރެވޭނީ ބްރިޖު މަސައްކަތް ނިމުނީމައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު އެތަން ހުރީ މީހުންނަށް ދިރިއުޅެވޭ ގޮތަށް ނޫން ކަމަށެވެ. އަދި މިހާރު ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނަށް ވެސް ގުޅީފަޅުގައި ދިރިއުޅޭނެ މީހުންގެ ބަހެއް ހޯދައި ބަދަލުތައް ގެނެސް، މިހާރު އޮތީ ފާސްކުރުމުގެ ފަހު މަރުހަލާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ކަންމުޑިތައް ވެސް އެއްކޮށް ހަލާކުވެގެން ހިނގައްޖެ އެކަމާހެދި،" ހައިދަރު ވިދާޅުވި އެވެ. 

"ކުރިން ވެސް އަޅުގަނޑު ބުނިފަދައިން ބިން ހިއްކައެއް އަދި ނުވެއް ނިމޭ. އެ ގޯތިތައް ދީފަ ހުރީ ކަނޑުންނާ ފަޅުން. އެހެންވީމަ އަޅުގަނޑުމެން ބިން ހިއްކާ ނިންމާފަ ނޫނިއްޔާ އެ ގޯތިތައް ހަވާލެއް ނުކުރެވޭނެ،" 

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް އަދި އެއްކޮށް ނިންމައި ނުލެވޭތީ، އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް އެ ކުންފުންޏާ އެކު، މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައިދަރު ވިދާާޅުވި އެވެ. ގުޅިފަޅުގެ ބިންތައް ހަވާލުކުރެވޭނީ 85 ހެކްޓަރުގެ ބިން ހިއްކައި ނިމުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭ މައި ވިޔަފާރި ބަނދަރު ބަދަލުކުރާ މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކަން ފެށީ، 2020 ވަނަ އަަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ރިޔާސީ އިންތިހާބާ ގާތްވެފައިވަނިކޮށް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ، މާލޭ މީހުންނަށް ގޯތި ދިނުމަށް ވެސް އެސަރަހައްދުން ބައެއް ހާއްސަކުރުމަށެވެ.

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޯށްދިނުމަށް 5000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. އޭގެތެރެއިން ގުޅީފަޅުން 2،218 ގޯތި ކަނޑަން ނިންމާފައިވެ އެވެ. މި ސްކީމުގެ ދަށުން ހުޅުމާލެ ފަޅާއި ގިރާވަރު ފަޅުން ވެސް ގޯތިދޭން ނިންމައި ދަނީ ހިއްކަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް