ads
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކުރީގެ ނައިބު ރައީސް ގޮވައިގެން ޕީޖީ ހައިކޯޓަށް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ގޮވައިގެން ޕީޖީ ހައިކޯޓަށް ހިނގައްޖެ އެވެ.
Advertisement

މިއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ކ. ފުށިދިއްގަރުފަޅުގައި ހިންގި މަޝްރޫއަކާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައެވެ. 

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނީ ޖިހާދުގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަން ފުރިހަމަނުވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް