އާމިރް ބުނީ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ އަހަރަކު މަދު ފިލްމުތަކެއް ގެނެސްދޭން ބޭނުން ނަމަވެސް ބޮޑަށް ބޭނުންވަނީ މި ދާއިރާއަށް އަލަށް ނުކުންނަ ލިޔުންތެރިންނާއި ޑައިރެކްޓަރުންނާއި އެހެން ވެސް ފަންނާނުން ފުރުސަތުތައް ފަހިކޮށްދޭން ކަމަށެވެ.
މީގެ ކުރިން ވެސް އާމިރު ވަނީ މިފަދަ ވާހަކަ ތަކެއް ދައްކާފަ އެވެ. އޭގެ ފަހުންވެސް އާމިރުގެ ގިނަ ފިލްމުތަކެއް ރިލީޒްވެފައިވެ އެވެ. އޭގެ ތެރޭގައި "ލާލް ސިންހް ޗައްދާ" އަދި "ތަގްސް އޮފް ހިންދުސްތާން" ހިމެނެ އެވެ.
އުމުރުން 59 އަހަރުގެ އާމިރު އެކްޓުކުރުމުން ރިޓަޔާކުރަން ވިސްނާކަން ހާމަކުރި އިރު، އޭނާ ކުޅޭ ފިލްމެއްގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ 1988 ވަނަ އަހަރު ބޮލީވުޑަށް ނުކުތް އާމިރު ވަނީ އޭނާގެ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ
އާމިރު ފިލްމީ މަސައްކަތާއި ދުރަށް ދާން ވިސްނާއިއިރު، އޭނާގެ ދަރިފުޅު ޖުނައިދު ހާންގެ ވަނި ބޮލީވުޑަށް ފަރިތަވެފަ އެވެ. އެގޮތުން ޖުނައިދު ވަނީ "މަހަރާޖް" ގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. ޖުނައިދުއާ އެކު މި ފިލްމުގެ ލީޑު ރޯލުތައް ކުޅުނީ ޖައިދީޕް އަހުލާވަތު، ޝާލިނީ ޕާންޑޭ އަދި ޝަރުވާރީ އެވެ.
މި ފިލްމު ބެލުމަށް ފަހު އާމިރްގެ ބައެއް ފޭނުން ބުނެފައި ވަނީ އާމިރްގެ ދަރިފުޅު އުފަންވީ އެކްޓްކުރަން ކަމަށާއި އޭނާގެ މޮޅުކަން ފެނި ހައިރާންވާ ކަމަށެވެ.
ޖުނައިދު ވަނީ ޖާންވީ ކަޕޫރުގެ ކޮއްކޮ ހުޝީ ކަޕޫރާ އެކު އޭނާގެ ދެވަނަ ފިލްމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އަދި ނަން އިއުލާންނުކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ.
ޖުނައިދު އަކީ ބައްޕަ ކަހަލަ ޕާފެކްޝަނިސްޓެއްތޯ އާއި ބައްޕަގެ ލެގަސީ ހިފަހައްޓަން ވިސްނަންތޯ ސުވާލުކުރުމުން އޭނާ ބުނީ ބައްޕަ ކަހަލަ މީހަކަށް ނުވިކަމަށް ވިޔަސް، މި ދާއިރާގައި ކުރިއަށް ދިއުމަށް އޭނާގެ އަމިއްލަ ވިސްނުންތަކެއް އެބަހުރި ކަމަށެވެ.