އެގޮތުން، އދ. މާމިގިއްޔަށް ވެހިފައި ވަނީ 62.0 މިލިމީޓަރު ފެނެވެ. އަދި ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ގދ. ކާޑެއްދުއަށެވެ. އެއީ 61.3 މިލިމީޓަރެވެ.
ފާއިތުވި 24 ގަޑީރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ:
މެޓް އޮފީހުން މިއަދު ވަނީ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހަވީރު 15:00 އިން ރޭގަނޑު 19:00 އަށް ރީނދޫ ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ، ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމުނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވަލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތަށް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެެވެ.