ads
ޕީއެންސީ ޕާލިމެޏްޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް
މާލޭ މީހުންނަށް ގޯތިދިން ގޮތް ތާރީހުގައިވެސް ހިންގި އެންމެ ބޮޑު ހިޔާނާތެއް: ފަލާހް
މާލޭ މީހުންނަށް ގޯތިދިން ގޮތަކީ ދިވެހި ތާރީހުގައިވެސް ހިންގި އެންމެ ބޮޑު ހިޔާނާތެއްކަމަށް ރައްޔިތުން މަޖިލީހުގެ އިނގިރާއިދޫ ދާއިރާގެ މެމްބަރު، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
Advertisement

މިދިޔަ ސަރުކާރުން ދޫކުރާ ފެލްޓްތަކާއި ގޯތިތައް ދިނުން ލަސްވާތީ އެމްޑީޕީން މިއަދު ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެހެންނަމަވެސް މިނިސްޓަރު ޖަވާބުދެއްވި ގޮތުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރަން ފެށުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެމްޑީޕީގެ 4 މެމްބަރުން ނަން އިއްވާފައެވެ. 

ވެރިކަން ހިންގާ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފަލާހް ވިދާޅުވީ މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިންކަމަށް ބުނެ ހިންގީ ބޮޑު ހިޔާނާތެއްކަމަށެވެ. އެގޮތުން ގޯތިތަކެއް ދީފައި ނުވާކަމަށާއި ކުރިހާވެސް ކަމަކީ ގަނޑެއްގައި ނަންތަކެއް ލިޔުންކަމަށެވެ. 

ފަލާހު ވިދަޅުވީ 1000 އަކަފޫތްގެ ބިމެއްގެ އަގު 10 ވަރަކަށް މިލިއަން ރުފިޔާ އަރާއިރު 9100 ގޯތި ދިނުމަކީ އިންސާފެއް ނޫންކަމަށެވެ. އަދި ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ އަގަށްވެސް 5.4 މިލިއަން އަރާކަން ފާހަގަކުރަމުން ފަލާހް ވިދާޅުވީ މިދިޔަ ސަރުކާރުން ގޯތި ދިން ގޮތަކީ ބޮޑު ހިޔާނާތެއްކަމަށެވެ.

" މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގުނު އެންމެ ބޮޑު އެއް ހިޔާނާތުގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ." ކުރީ ސަރުކާރަށް ފާޑު ވިދާޅުވެ ފަލާހް ވިދާޅުވިއެވެ.

.ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅިއެވެ. އޭގެ ތެރެއިން 19,000 ގިނަމީހުން ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް