ads
ހާރިޖީ ވަޒީރު މޫސާ ޒަމީރު ބަހުރެއިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ވަލީއަހުދު، ޕްރިންސް ސަލްމާން ބިން ހަމަދު އަލް ހަލީފާއާ އެކު ބޭއްވި ބައްދަލވުމުގެ ތެރެއިން.
ރައީސްގެ މުއިއްޒުގެ ސިޓީފުޅެއް ބަހްރައިން ރަސްގެފާނަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ބަހްރައިން ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ވަލީއަހުދު ޕްރިންސް ސަލްމާން ބިން ހަމަދު އަލް ޚަލީފާއަސް އަރުވައިފިއެވެ.
Advertisement
ހާރިޖީ ވަޒީރު މޫސާ ޒަމީރު ބަހުރެއިނަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުފުޅުގައި މިއަދު ވަނީ އެ ގައުމުގެ 
ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ވަލީއަހުދު، ޕްރިންސް ސަލްމާން ބިން ހަމަދު އަލް ހަލީފާއާ  ބައްދަލުކުރައްވާފައެވެ.
 

މި ބައްދަލުކުރެއްވުމުގައި ހާރިޖީ މުސާ ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބަހުރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފަށްް އެޑްކުރައްވާ ފިޮނުވި ސިޓީ ފުޅެއް ވަލީ އަހުދަށް އަރުވާފައެވެ. 

ރާއްޖެއާއި ބަހުރައިނާއި ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ބަހުރރައިން ސަރުކާރަށް އަރުވާފައިވާކަމަށް މި ބައްދަލުކުރެއްވުމަށްފަހު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ. 

your imageހާރިޖީ ވަޒީރު މޫސާ ޒަމީރު ބަހުރެއިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު ވަލީއަހުދު، ޕްރިންސް ސަލްމާން ބިން ހަމަދު އަލް ހަލީފާއާ އެކު ބޭއްވި ބައްދަލވުމުގެ ތެރެއިން.


މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް މިނިސްޓަރު ބަހުރައިނަށް ކުރައްވާ ދަތުރުފުޅުގައި، މިނިސްޓަރާއެކު އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރާއި ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދުގެ އިތުރުން އެ މިނިސްޓްރީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ބަހުރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުލްއާތިފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހަތަރު ދުވަހުގެ މި ދަތުރުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަހުރެއިންގެ ފޮރިން މިނިސްޓަރާއެކު ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބަހުރެއިން ސަރުކާރުގެ އިސް ފަރާތްތަކާއި ވެސް ޒަމީރު ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއާއި ބަހުރައިނާއި ދެމެދު ސިޔާސީ ގުޅުން ބަދަހިކުރިތާ މިއަހަރަށް 44 އަހަރު ފުރޭނެއެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް