ads
އަރުޝަދު ނަދީމް
ރަން މެޑަލް ހޯދުމުން ބަފައިބެ ދިނީ ބަފަލޯއެއް
އޮލިމްޕިކްސްގައި ޕާކިސްތާނުން އަލަށް އޮލިމްޕިކް ރަން މެޑަލް ހޯދި އަރުޝަދު ނަދީމަށް އޭނާގެ ބަފައިބެ، ބަފަލޯއެއް ދޭން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
Advertisement

ފުރަތަމަ ފަހަރަށް ޕާކިސްތާނަށް އޮލިމްޕިކްސްއިން ރަން މެޑަލްއެއް ހޯދައިދިން އަރުޝަދަށް، އޭނާގެ ބަފައިބެގެ ފަރާތުން ބަފަލޯއެއް ދޭން ނިންމިއިރު، އެއީ ޕާކިސްތާނުގައި ސަގާފީ ގޮތުން ދެވޭ އަގުބޮޑު ޝަރަފެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުކަމަށްވާ އޮލިމްޕިކް ގޭމްސްގައި ޖެވެލިން އުކުމުން ޕާކިސްތާންގެ އަރުޝަދު ނަދީމް ހޯދި ރަން މެޑެއްޔާއެކު މުޅި ޕާކިސްތާނުވަނީ އުފަލުން ފޮޅިފައެވެ. އޮލިމްޕިކްސްގެ ރެކޯޑަކާއެކު އަރުޝަދު ރަން މެޑަލް ހޯދީ، އިންޑިޔާ ފަހަތަށް ޖައްސާލުމާވެސް އެކުއެވެ. އޮލިމްޕިކްސްގެ ޖެވެލިން އުކުމުގެ ރެކޯޑް އޮތީ، 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި، 90.57 މީޓަރު ދުރަށް އުކައިގެން އަންޑްރެއަސް ތޯކިލްޑްސަން އަތުގަ އެވެ. އަރުޝަދު އެ ރެކޯޑް މުގުރާލީ، 92.97 މީޓަރު ދުރަށް ޖެވެލިން އުކައިގެންނެވެ.

މިއީ، 1992 ވަނަ އަހަރުގެ ފަހުން ޕާކިސްތާނަށް އޮލިމްޕިކްސްގައި ލިބުނު ފުރަތަމަ މެޑަލްގެ އިތުރުން ޕާކިސްތާނަށް އަލަށް ލިބުނު ރަން މެޑަލްއެވެ. މި ކާމިޔާބީއާއެކު ޕާކިސްތާނުގެ ޕޮލިޓީޝަނުންނާއި އަދި ކުޅިވަރުގެ ފަރާތްތަކުން އަންނަނީ އަރުޝަދަށް މަރުހަބާ ކިޔަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް