ads
ޓޮމް ކްރޫޒް
ޓޮމް ކްރޫޒްގެ ހުނަރާއެކު އޮލިމްޕިކްސް ނިމިއްޖެ
ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒް، ސްޓޭޑް ޑި ފްރާންސްގެ ފުރާޅުން ވާގަނޑެއްގައި ފައިބައި، އޮލިމްޕިކް ދިދަ ހިފައިގެން ސައިކަލްގައި އެ ނައްޓާލާ މަންޒަރާއެކު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ އޮލިމްޕިކް ގޭމްސް ނިމިއްޖެއެވެ.
Advertisement

71،500 މީހުން ބައިވެރިވި އޮލިމްޕިކްސްގެ ނިންމުމުގެ ރަސްމިއްޔާތުގައި ދެން އޮންނަ ގޭމްސް އިވެންޓެއް 2028 ވަނަ އަހަރު ލޮސް އެންޖެލިސްގައި ބާއްވާއިރު ދުނިޔެއަށް އުންމީދު ކުރެވޭނެ ކަންތައްތަކުގެ ޕްރިވިއުއެއް ދައްކާލިއެވެ.

މި ފަހަރުގެ ގޭމްސްގެ އެއްވަނަ ހޯދީ އެމެރިކާއިންނެވެ. އެއީ، ޖުމަލް 126 މެޑަލް ހޯދައިގެންނެވެ. އެމެރިކާއިން 40 ރަން މެޑަލް، 44 ރިހި މެޑަލް އަދި 42 ލޯ މެޑަލް ހޯދިއެވެ.

މެޑަލް ޓޭބަލްގެ ދެވަނަ ހޯދީ ޗައިނާއެވެ. ތިންވަނައަށް ޖަޕާން ދިޔައިރު، ހަތަރެއްގައި އޮތީ އޮސްޓްރޭލިއާއެވެ. އަދި ފަހެއްގައި ފްރާންސްއެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި 5250 އަންހެން އަދި އަދި ހަމަ އެ އަދަދަށް ފިރިހެން އެތުލީޓުން ބައިވެރިވިއެވެ. މިއީ، އޮލިމްޕިކްސްގެ ދިގު ތާރީހުގައި ވެސް އަންހެން އަދި ފިރިހެން އެތްލީޓުން އެއް އަދަދަކަށް ބައިވެރިވީ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ގޭމްސްގައި އަންހެނުންގެ 152 އިވެންޓާއި ފިރިހެނުންގެ 157 އިވެންޓް އަދި ދެ ޖިންސުގެ އެތުލީޓުން އެކުގައި ވާދަކުރާ، 20 އިވެންޓް އޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް