ads
މާލިއްޔަތު ކޮމިޓީ: ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން މަގާމުން ވަކިކުރެވޭ ގޮތަށް ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި - ފޮޓޯ/ މަޖިލިސް
ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަކިކުރަން ލަފާދޭން ފާސްކޮށްފި
ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން މަގާމުން ވަކިކުރެވޭ ގޮތަށް ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
Advertisement

އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހަޅައި، އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން ކުންފުނިތަކުގައި މުވައްޒަފުންނަށް މިހާރު ދެމިތިބެވޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ކުންފުނީގެ ތެރެއިން އިތުރު ކޮރަޕްޝަން ހިންގުމުގެ ފުރުސަތު އެ މުވައްޒަފުންނަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކު ކުންފުނީގެ ބޯޑަށް އޮޅުވާލައިގެން ހަތް މިލިއަން ޑޮލަރުގެ ހިޔާނާތަކަށް މަގުފަހިވާ ގޮތަށް ސެޓުލްމަންޓް އެގްރީމަންޓެއް ހަދާފައި އޮތް މައްސަލައެއް މިހާރު ވެސް އޭނާ އިންނަވާ އެހެން ކޮމިޓީއަކުން އަންނަނީ ބަލަމުންނެވެ.

ނާޒިމް ވިދާޅުވީ ކުންފުންޏެއްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވާއިރު، އެ ކަމަށް ވާގިވެރިވި، އެހެން މުވައްޒަފުން އެ ކުންފުނީގެ މަގާމުތަކުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވޭނެ ހަމަ އެކަނި ގޮތަކީ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑު ބަދަލުކޮށް، ކޮރަޕްޝަންގައި ޝާމިލުވާ އެންމެނަށް ފިޔަވަޅު އެޅޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ.

މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވަނީ ތާއީދު ކުރައްވައިފަ އެވެ. އަދި ނާޒިމްގެ މި ހުށަހެޅުއްވުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ތާއިދުކުރައްވައި، ކޮމިޓީގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް