މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި ދިވެހި އެތްލީޓުންނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވާ ގޮތަށް އޮތީ ކުޅިވަރު ވަޒީރުއެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ފަސް އެތްލީޓުން ވާދަކުރިއެވެ.
ރާއްޖޭން މި ފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވި ކުޅިވަރުތަކަކީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ. މިއީ، 1988 ވަނަ އަހަރުން ފެށިގެން ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރަން ފެށި ފަހުން، އެންމެ ގިނަ ކުޅިވަރުން ބައިވެރިވި ފަހަރެވެ.
އޮލިމްޕިކްސްގައި ބައިވެރިވި ދިވެހި އެތްލީޓުން
ފާތިމަތު ނަބާހާ- ބެޑްމިންޓަން
އިބާދުﷲ- އެތްލެޓިކްސް
މުހައްމަދު އާން ހުސައިން- ސްވިމިން
ޢާއިޝަތު އުލްޔާ ޝާއިގް – ސްވިމިން
ފާތިމަތު ދީމާ – ޓޭބަލް ޓެނިސް