ads
އޭޑީކޭ ކުންފުނީގެ ވެރިޔާ އަހުމަދު ނާޝިދު
އާސަންދައިން 250 މިލިއަން ރުފިޔާ ލިބެންޖެހޭ، ހިދުމަތް ހުއްޓޭ ހިސާބުގައި: އޭޑީކޭ
އާސަންދައިން 250 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށާއި މި ފައިސާ ނުލިބޭނަމަ ހޮސްޕިޓަލުން ހިދުމަތް ދިނުން ހުއްޓާލަން ޖެހިދާނެކަމަށް އޭޑީކޭ ކުންފުނީގެ ވެރިޔާ އަހުމަދު ނާޝިދު ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގެ އެންމެ ބޮޑު، އަދި އެންމެ ގިނަދުވަސްވީ އަމިއްލަ ހޮސްޕިޓަލްގެ ވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) މިހެން ވިދާޅުވީ ރައްޔިތުން މަޖލީހުގެ ކޮމެޓީއަށް ހުށައެޅި ޕްރެޒެންޓޭޝަނެއްގައެވެ. 

ނާޝިދު ވިދާޅުވީ އޭޑީކޭއިން އާސަންދައަށް ހިދުމަތް ދޭން ފެށި ފަހުން އަބަދުވެސް އަހަރެއްގެ މައްޗަށް 140 މިލިއަން ރުފިޔާ އެ ކުންފުނިން ލިބެން ނުޖެހޭ ދުވަސްވަރެއް ނާނަންކަމަށެވެ. ނަމަވެސް މިހާރު ޑިވެފައި އޮތް 50 މިލިއަންގެ ބިލެެއް އެބައޮތްކަމަށާއި މިހާރު އާސަންދައިން ފައިސާ ލިބެމުންދާ ގޮތަށް ލިބޭނެނަމަ އަންނަ އަހަރުގެ ނިޔަލަށް އާ ސަންދައިން ދައްކަންޖެހޭ އަދަދު 400 މިލިއަނަށް އަރާނެކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. 

ނާޝިދު ވިދާޅުވީ އާސަންދައިން މިހާރު އެ ހޮސްޕިޓަލަށް ދައްކަންޖެހޭ އަދަދު 250 މިލިއަނަށް އަރާފައިވާކަމަށާއި އަދަދު މިހާ މައްޗަށް އެރީ މިދިޔަ އަހަރުން ފެށިގެން އާސަންދައިން ދައްކަންޖެހޭ ފައިސާ ނުދައްކާ ލަސްވުމުންކަމަށެވެ. އަދި ފައިސާ ދެއްކުމަށް މިދިޔަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ސަރުކާރުގައި ދައިސާ ދެއްކުމަށް އެދިފައިވާނެކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. 

ދައުލަތުން ލިބެެން ޖެހޭ ފައިސާ ނުލިބި ތަނުން ދެމުން އަންނަ ހިދުމަތްތައް ހުއްޓަލަން ޖެހޭ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ނާޝިދު ވިދާޅުވީ އެހެން ސަޕްލަޔަރުންނަށްދޭނެ ޖެހޭ ފައިސާދޭން ދަތިވަމުން އަންނަކަމަށެވެ. އެކަން ހައްލުކުރުމަށް އެ ކުންފުނީގެ އެހެން ވިޔަފާރިތަކުން ފައިސާ ނަގާ ބޭނުންކުރަމުން އަންކަމަށްވެސް ނާޝިދު ވިދާޅުވިއެވެ. 

" އަޅުގަނޑުމެންގެ ރިސޯޓެއް އޮވޭ. މިހާރު އެތަނުން ވެސް ފައިސާ ނަގައިގެން ފައިސާ ދައްކަމުން މިދަނީ. މިހެން ދަނިކޮށް މާ ބޮޑު ގޮންޖެހުން ބޮޑުކަމެއް ދިމާވި އެޗްއެސްބީސީ ހުއްޓާލަން ނިންމުމުން. އެތަނުގައި އޮންނާނެ އަޅުގަނޑުމެންގެ އޯޑީ ފެސިލިޓީއެއް. އެ އޯޑީ ފެސިލިޓީ ކްލިއަކުރަން ޖެހޭ. އެ އޯޑީ ފެސިލިޓީއަށް 25 މިލިއަން ދޭން ސަރުކާރުގައި އެދުނިން. އަޅުގަނޑުމެން ޓެކްސް ދައްކަން ޖެހޭ. ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާވާނެ.: ނާޝިދު ވިދާޅުވިއެވެ.

ކުލީގެ ގޮތުގައި ކުޑަ ކުއްޔެއް ދައްކަމުން ހިދުމަތުގެ އަގު ބޮޑުކަމަށް ދެކެވޭ ވާހަކަތައްވެސް ނާޝިދު ވަނީ މިއަދު ކޮމެޓީގައި ޖަވާބު ދެއްވާފައެވެ. އޭނާ ވިދާޅުވީ ތަނުގެ ކުއްޔާ ޓެކުހާއި އެކި ފީތަކުގެ ގޮތުގައި ދައުލަތަށް 87 މިލިއަން ދައްކަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް