ads
މިއަދު މާލެއަށް ކުރި ވިއްސާރާގައި އަމީނީމަގުގައި ފެންބޮޑުވެފައި
ޗައިނާއިން މަގުތައް ހަދާނިމުން މާލޭގައި ފެން ބޮޑެއްނުވާނެ: މުއްތަލިބް
މަގުތައް ހަދަން ޗައިނާއިން ހިންގާ މަޝްރޫއު ނިމުމުން މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބި ވިދާޅުވެއްޖެއެވެ.
Advertisement

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މިއަދު މާލެއަށް ވެހުނު ވާރޭގައި ހުރިހާ ބޮޑެތި މަގުތަކެއްގައި ފެން ބޮޑުވުމުން ފުލުހުންނާއި ސިފައިން ނިކުމެ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. 

މާލޭގެ ފެންބޮޑުވުމާއި ގުޅިގެން މިނިސްޓަރު މުއްތަލިބް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮށް މަސައްކަތް ނުކުރުންކަމަށެވެ. 

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ‏ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށޭނަ ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމަށްކަމަށެވެ. އަދި އެ މަސައްކަތް ނިމުން މާލޭގައި ފެންބޮޑުވުން ނިމުމަކަށް އަންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

" މި ޕްރޮޖެކްޓަކީ މުޅި މާލެ ސާވޭ ކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއަކަށްވާތީ، މަޝްރޫއު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ." މުއްތަލިބު ވިދާޅުވިއެވެ.

މާލޭ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ނިންމާފައިވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ)ގެ އެހީގައެވެ.

މި މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި މިދިޔަ މަހުގެ 23 ގައި ޗައިނާގައިވަނީ ސޮއިކޮށްފައެވެ. ޗައިނާގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އައިސް ދެން އޮތް މަރުހަލާގެ މަސައްކަތް ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މާލެއާ ވިލިމާލޭގެ މަގުތައް ހަދާނީ އަލުން ރޫޅާލަން ނުޖެހޭ ފެންވަރަށް ގޯޅިތަކާއި އެކުކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް