ރައީސް އޮފީހުން މިއަދު ހާމަ ކުރި ގޮތުގައި ނާއިބު ރައީސްގެ ދަތުރުފުޅަށް ހަރަދުވެފައިވަނީ ޖުމްލަ، 1،344،127.04 (އެއް މިލިއަން، ތިން ލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ ހަތާވީސް ރުފިޔާ ހަތަރު ލާރި) އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮތް މި ދަތުރުފުޅަށް ނައިބު ރައިސް ވަޑައިގެންނެވީ، މިދިޔަ މަހުގެ 24 ން 29 އަށެވެ. އެހެންކަމުން މި ދަތުރުފުޅުގައި ނައިބް ރައީސް ހޭދަކުރެއްވި ހަ ދުވަހުން ކުރެ ކޮންމެ ދުވަހަކަށް އެވްރެޖްކޮށް 224,021.17 ހަރަދު ކުރެވިފައިވެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ނާއިބު ރައިސްގެ މި ދަތުރުފުޅުގައި ނައިބް ރައީސްވަނީ ކޮމަންވެލްތު ސްޕޯޓްސް މިނިސްޓާސް ބައްދަލުވުމަށް ވަޑައިގެންނެވި އެހެން ގައުމުތަކުގެ ވަޒީރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.