އެހީތެރިކަމަށް އެދި 252 ފަރާތުން، 3 ގެއަކުން މީހުން ބަދަލުކޮށްފި: އެންޑީއެމްއޭ
މުހައްމަދު އާދަމް އަހްމަދު
13 އޯގަސްޓް 2024 - 20:47:21
މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރާގައި މިއަދު މާލެއަށް ވެހުނު ވާރޭގައި ފެނުގެ އަސަރުކޮށްގެން 3 ގެއަކުން މީހުން ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ މިއަދު މާލެއަށް ކުރި ވިއްސާރާގައި މިރޭ 8 ޖެހުމާއި ހަމައަށް 252 ފަރާތަކުން އެ އިދާރާގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ. އެ އިދާރާއިން ފެނުގެ އަސަރުކޮށް ނޫޅެވޭވަރު ވެގެން ތިން ގެއަކުން އާއިލާތައް އެހެންތަނަކަށް ބަދަލުކޮށްފައިވާކަމަށެވެ.
އެންޑީއޭއެމުން ބުނީ ވިއްސާރަގެ އަސަރުކޮށް ގެއަށް ފެންވަދެ ނުޅެވޭވަރު ވެގެން ހއ. ގެ ހަތަރު ރަށަކުން 12 އާއިލާއެއް އެހެން ތަންތަނަށް ބަދަލުކުރަން ޖެހިފައިވާކަމަށެވެ.
ފެނުގެ އަސަރުކޮށްގެން އާއިލާތައް ބަދަލުކުރަން ޖެހުނު ރަށްތައް
- ހއ. ބާރަށް / 2 ގެއަކުން
- ހއ. ހޯރަފުށިން / 6 ގެއަކުން
- ހއ. ކެލާއިން / 2 ގެއަކުން
- ހއ. އިހަވަންދޫއިން / 2 ގެއަކުން
އެމްޑީއެމްއޭއިން ބުނީ ވިއްސާރަގެ ގެއްލުނުން ލިބިގެން 20 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށެވެ. އެންޑީއެމްއިން ބުނީ ގެއްލުންވެގެން ގިނައި ރިޕޯޓްކޮށްފައިވަނީ ހއ. އަތޮޅުގެ ރަށްތަކުންނެވެ. އެގޮތުން އެ އަތޮޅުގެ 12 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއިން ބުނެއެވެ.
ގެއްލުވެގެން ރިޕޯޓްކޮށްފައިވާ ރަށްތައް
- ހއ. އިވަންދޫ
- ހއ. ހޯރަފުށި
- ހއ. ބާރަށް
- ހއ. އުލިގަމް
- ހއ. މާރަންދޫ
- ހއ. ތަކަންދޫ
- ހއ. މުރައިދޫ
- ހއ. ކެލާ
- ހއ. އުތީމު
- ހއ. މޮޅަދޫ
- ހއ. ވަށަފަރު
- ހއ. ފިއްލަދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނޮޅިވަރަމް
- ހދ. ހަނިމާދޫ
- ހދ. ނެއްލައިދޫ
- ކ. ހުރާ
- އައްޑޫސިޓީ ހިތަދޫ
- އައްޑޫސިޓީ މީދޫ
- އައްޑޫސިޓީ ފޭދޫ
ކުރިޔަށް އޮތް ފަސް ދުވަހުވެސް މޫސުން ގޯސްކަމަށާއި ބައެއް ރަށްތަކަށް އުދަ އެރުން އެކށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް