ads
ފޮޓޯ:އެމްއައިބީ
މާދަމާ ސަރުކާރު ބަންދުވިނަމަވެސް އެމްއައިބީގެ ހިދުމަތްތައް ލިބޭނެ
މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް އެމްއައިބީ ހުންނާނީ ހުޅުވާފައިކަަމަށާއި ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ލިބޭނެކަމަށް އެމްއައިބީން ބުނެފި އެވެ.
Advertisement

އެމްއައިބީން ނެރުނު އިއުލާނުގައި އެ ބޭންކުން ބުނީ އެހެން ދުވަސްތަކެކޭ އެއްފަދައިން މާދަމާ އެމްއައިބީގެ ހުރިހާ ބްރާންޗްތަށް ހުޅުވާލާނެކަމަށާއި ބޭންކިންގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މިރޭގެ ވަގުތެއްގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވީ ޕޯސްޓެއްގައި ވިދަޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުންކަމަށެވެ.  

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލޭ ހިމެނޭހެން ރާއްޖޭގެ ގިނަ ރަށްތަކުގައި ފެންބޮޑުވެފައިވާއިރު، ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވިއްސާރާގައި 20 ރަށަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް