ads
ފޮޓޯ: ރައީސް އޮފީސް
ސައިބާ ކުށްތައް މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
ޑާޓާ ޕްރޮޓެކްޝަނާއި ސައިބާ ސެކިއުރިޓީއާއި މިސްއިންފޮމޭޝަނާ އަދި ޑިސްއިންފޮމޭޝަން މަދުކުރުމުގައި އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއޭއީ ސަރުކާރުގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާ ޑޮކްޓާ މުހައްމަދު އަލް ކުވައިތީ އާއެކު މަޝްވަރާ ކޮށްފި އެވެ.
Advertisement

މުހައްމަދު އަލް ކުވައިތީ މިއަދު ވަނީ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރާތެއް ކުރައްވާފަ އެވެ. އަދި ސައިބާ ކުއްތައް މަދު ކުރުމާމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ސައިބާ ކުއްތަށް މަދުކޮށް އެކަމަށް އެއްބާރުލުން ދިނުމުގެ އިތުރުން ދެ ބޭފުޅުންވަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ކަމާގުޅޭ އޮފިޝަލުން އަހުލުވެރިކުރުމަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފަ އެވެ. 

ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާއި ފަހިކޮށްދެއްވަމުން ދިޔަ ފުރުސަތުތައް ފާހަގަކުރައްވައި އެއީ ދެގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަމުގެ ގުޅުމުގެ ހެއްކެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫއޭއީން މިހާރު ކުރިޔަށްގެންދަވާ މަޝްރޫއު ފާހަގަކުރައްވައި، ޔޫއެއީގެ ރައީސް، ޝައިހް މުހައްމަދު ބިން ޒާއިދު އަލް ނަޙްޔާންގެ ދުރުވިސްނުންފުޅާ ލިޑާޝިޕާ އަދި ދެގައުމުގެ ދެމެދު އިސްތިރާޖީގޮތުން ގުޅުންބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފުކުރެއްވި އެވެ.

ރައީސް އާއި ޔޫއޭއީގެ ސައިބާ ސެކިއުރިޓީގެ އިސްވެރިޔާގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ގައުމަށްވެސް ފައިދާހުރި މުހިންމު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް