އެމްބާޕޭ ރިއާލްއާއެކު ހޯދި ފުރަތަމަ ތަށްޓަކީ ރޭ އެޓްލާންޓާ ބަލިކޮށް ހޯދި، ޔުއެފާ ސުޕަ ކަޕެވެ. ސުޕަ ކަޕަކީ ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ، ޔުއެފާގެ ސީޒަން ހުޅުވާ މެޗެވެ.
މިއީ އެމްބާޕޭ ޔޫއެފާ ސުޕަ ކަޕް މެޗެއް ކުޅުނު ފުރަތަމަ ފަހަރވެ. އަދި މިއީ ކްލަބް ފުޓްބޯޅައިގައި، ސަރަހައްދީ މުބާރާތެއްގެ ޓްރޮފީއެއް އެމްބާޕޭގެ ފުރަތަމަ ރަން މެޑަލްއެވެ. ހިލޭ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލައި، ރެއާލްއަށް ބަދަލުވި އެމްބާޕޭގެ ލަނޑާއެކު ރިއާލް ރޭ މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.