ads
އެމްޕޮކްސް ޖެހިފައިވާ މީހަކަށް ފަރުވާ ދެނީ
ރާއްޖޭގައި އެމްޕޮކްސް ފެތުރުމުގެ ފުރުސަތު އޮތްތޯ ބަލަނީ
ރާއްޖޭގައި އެމްޕޮކްސް ފެތުރުމުގެ ފުރުސަތު އޮތްތޯ ބަލަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
Advertisement

ރާއްޖޭގައި އެމްޕޮކްސް ފެތުރުމުގެ ފުރުސަތު އޮތްތޯ ބަލަން ފެށީ އެފްރިކާގައި އެމްޕޮކްސް އަކީ ޕަބްލިކް ހެލްތު އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން (ޕީއެޗްއައިސީ)އެއްކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ޑިރެކްޓާ ޖެނެރަލް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

އެޗްޕީއޭއިން ރިސްކް އެސެސްމަންޓް ހަދަމުންދާއިރު، އާންމު ސިއްހަތަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ލަފާ ދިނުމަށްވެސް ހަަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ގިނަ ގައުމުތަކުގައި އެމްޕޮކް ބަލި އިތުރުވުގެންދިޔުމަކީ ބައިނަލްއަގްވާމީ ސިއްހީ ގަވާއިދުގެ ދަށުން، ބައިނަލްއަގްވާމީ ކަންބޮޑުވުމެއް އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމަށް ޑަބްލިއުއެޗްއޯ ޑިރެކްޓަރު ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އިއުލާން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ޑރ.ޓެޑްރޯސް މިހެން އިއުލާން ކުރައްވާފައިމިވަނީ ޑަބްލިޔުއެޗްއޯ އާއި އެ ބަލިން އަސަރުކުރި ގައުމުތަކުގެ ތަޖުރިބާކާރުން ހުށަހެޅި މައުލޫމާތު މުރާޖައާ ކުރުމަށް މީގެ ކުރިން ބައްދަލުކުރި މިނިވަން ތަޖުރިބާކާރުން (އައިއެޗްއާރު އިމަޖެންސީ ކޮމިޓީ)ގެ ލަފާގެ މަތިންކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. 

ކޮމިޓީން ޑިރެކްޓަރު ޖެނެރަލްއަށް އަންގާފައި ވަނީ އެމްޕޮކްސް ފެތުރިގެން ދިއުމަކީ ފަބްލިކް ހެލްތް އިމާޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން (ޕީއެޗްއީއައިސީ) ނުވަތަ ބައިނަލްއަގްވާމީ ކަންބޮޑުވުމެއް އޮތް އާންމު ސިއްހަތުގެ ކުއްލި ހާލަތެއް ގޮތުގައި ދެކޭ ކަމަށް. އަދި އެފްރިކާ ސަރަހައްދުން ބޭރުގައި ވެސް އިތުރަށް ފެތުރިދާނެ ކަމަށް" ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޑަބްލިޔުއެޗްއޯ އިން ދަނީ ވެކްސިން ހަދިޔާ ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ގައުމުތަކާއި ވެކްސިން އުފައްދާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި އަދި ވެކްސިން، ތެރަޕީޓިކްސް، ޑައިގްނޯސްޓިކްސް އަދި އެހެނިހެން ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް އިންޓަރިމް މެޑިކަލް ކައުންޓަ މެޝާސް ނެޓްވޯކް މެދުވެރިކޮށް ޕާޓްނަރުންނާ ކޯޑިނޭޓް ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

ވަގުތުން ސްކޭލް އަޕް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ޑަބްލިޔުއެޗްއޯ އިން ވަނީ ޑަބްލިއުއެޗްއޯގެ ކޮންޓިންޖެންސީ ފަންޑުން 1.45 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް