ads
މިޔަރު
ލޭނުގައި ޖެހި މަރުވާ މިޔަރު ކިރަން ހުއްދަދެނީ
ބޮޑު ކަންނެނޭލިގެ ލޭނު މަދސްވެރިކަމުގައި ލޭނުގައި ޖެހި މަރުވާ މިޔަރުތައް ކިރައި ބޭރުކުރުމުގެ ހުއްދަދޭން ލޭން މަސްވެރިކަމުގެ ގަވައުގެ ހިމަނައިފި.
Advertisement

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފާޓް އާއްމުންގެ ހިޔާލަށް ވަނީ ހުޅުވާލާފައެވެ. އެ މިނިސްޓްރީން ބުނީ ގަވައިދަށް އިސްލާހު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 18 ވާ އާދިއްތަ ދުވަހުގެ 12 ޖެހުމުގެ އެ ފުރުސަތު އޮންނާނެކަމަށެވެ. 

އާ ގަވައިދުގައިވާ ގޮތުން ލޭނު މަސްވެރިކަން ކުރުމުގެ ތެރޭގައި ލޭނުގައި ޖެހި މަރުވާ މިޔަރުތައް ކިރުވާ ބޭރުކުރުމުގެ ހުއްދަދޭން ވަނީ ނިންމާފައެވެ. 

އެގޮތުން ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް، މިޔަރު ޕްރޮސެސްކުރުމަށް ހާއްސަ ލައިސަންސެއް ދޫކުރުމަށާއި އެ ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މިގަވާއިދުގެ ދަށުން ވާނީ ހުއްދަކޮށްފައެވެ. މި ޕްރޮސެސިންސް ފެސިލިޓީތައް ހިންގުމުގައި، އެހެން މަސް ޕްރޮސެސްކުރާ ފެސިލިޓީތަކެކޭ އެއްފަދައިން ކިރާ މިޔަރުގެ މައުލޫމާތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވާ، މަސް ޕްރޮސެސްކުރުމުގެ ލައިސަންސްގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ކިރަން ގެންނަ މިޔަރެެއްގެ އުރަހަ ކަނޑާ އެއަށް އެއްވެސް ގެއްލުމެއް ލިބިފައި އޮވެގެން ނުވާނެކަމަށް ގަވައިދުގައި ވަނީ ހިމަނާފައެވެ. 

ލޭނުގައި ޖެހޭ މިޔަރު ކިރުވަން ހުއްދަ ދިންނަމަވެސް މި ގަވައިދުގައިވެސް މިޔަރު ހިމާޔަތްކުރުމަށް ވަނީ ހިމަނާފައެވެ. ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މިގަވާއިދުގެ ދަށުން މަނާކަމެކެވެ. 

"ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް. މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނު މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް." ލޭނު މަސްވެރިކަމުގައި ގަވައިދުގައި ހިމަނާފައިވެއެެވެ.

އެގޮތުން ބައިކެޗްގެ ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ގޮތުން އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅު (ބްރާންޗް ލައިން) ގެ މިޔަވާލި (ލީޑަރ) ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔަރ ޓްރޭސް) ބޭނުންކޮށްގެން ނުވާނެކަމަށް ގަވާއިދުގައި ވަނީ ހިމަނާފައެވެ. އަދި ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ތަކަށް އަމަލުކުރާނެ ގޮތްވެސް މި ގަވައިދުގައި ވަރަށް ތަފްސީލުކޮށް ވަނީ ހިމަނާފައެވެ. 

" ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެކަމަށާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރި ކުރާ އާލާތް (ލައިންކަޓަރ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން ވާނޭ. އަދި މިއާލާތްތައް ހުރިހާ ވަގުތެއްގައިވެސް އުޅަނދުގައި ހުންނަންޖެހޭނެ" އަލަށް އެކުލަވާލި ލޭނުގެ މަސްވެރިކަމުގައި ގަވައިދުގައިވެއެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފްޓްގައިވާ ގޮތުން ލޭނު މަސްވެރިކަމުގައި އަމާޒުކުރާ ބާއްވަތްތަކުގެ ކޯޓާ ވިއްކާނެ އަގުތައް ވަނީ ހިމަނާފައެވެ. 

އޭގައިވާ ގޮތުން ލޯ ބޮޑު ކަންނެއްޔާއި ރީނދޫ އުރަހަ ކަންނެއްޔާއި ހިބަރުގެ ކޯޓާގެ އަގަކީ 20،000 ރުފިޔާއެވެ. ކޯޓާ ވިއްކާނީ 10 (ދިހައެއް) މެޓްރިކް ޓަނުގެ ބްލޮކެއްގެ ގޮތުގައިކަމަށް ޑްރާފްޓް ގައިވެއެވެ.

ލޭނު މަސްވެރިކަން ކުރުމަށް ދޫކުރާ ލައިސަންސާއި ކޯޓާގެ މުއްދަތަކީ ކޮންމެ މީލާދީ އަހަރެއްގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށްވެސް ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފްޓްގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް