ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށްއޮތް ދެ ހަފުތާ ތެރޭ މާލެއާއި ހުޅުމާލޭގައި ތަރައްގީކުރާ ޕާކިންޒޯންތައް ކަނޑައަޅަން ފަށާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ޓެކްސީތަކަށް ހާއްސަ ޒޯންތައް ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓެކްސީތަކަށް ހާއްސަކުރާ ޕާކިން ޒޯނުގައި ޕާކު ކުރެވޭނީ ހަމައެކަނި ޓެކްސީ ބޯޑު އޮންނަ ފަރާތްތަކަށްކަމަށެވެ. އަދި އެކަމަށް ގަވާއިދެއް ހަދައި އިއުލާނު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މާލޭގައި ޓެކްސީތަކަށް ހާއްސަކުރާ ޒޯން ހަދަން ބިމެއް ބަލަމުން އަންނަ ކަމަށާއި ހުޅުމާލޭގެ ޒޯން ހަދަން ބިން ބަލާފައި ވާކަމަށްވެސް އަމީނު ވިދާޅުވިއެވެ.