ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އަމިއްލަ ސްކޫލްތަކަށް ދެން އޭލެވެލް ފީ ދައްކާނީ މިނިސްޓްރީން ފޮނުވާ ކުދިންނަށް: ޝަފީއު
އަމިއްލަ ސްކޫލްތަކަށް އޭލެވެލް ކިޔަވާ ދަރިވަރުންނަށް ދެން ދައުލަތުން ފީ ދައްކަނީ ސަރުކާރު ސްކޫލަކުން ޖާގަ ނުލިބިގެން މިނިސްތްރީން ފޮނުވާ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހުރި އިމާރާތުގައި އަލުން އެ ސްކޫލް އަންނަ ސެޕްޓެމްބަރު މަހު ހުޅުވަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ސީއެޗްއެސްއީގެ ހުޅުމާލެއާއި މާލޭގައި އަލަށް ހުޅުވާ ސްކޫލަށަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް ހުށައެޅުމުގެ ފުރުސަތު އެޑިއުކޭޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހު ހުޅުވާލާފައެވެ.  

ސީއެޗްއެސްސީން ޖާގަ ހޯދުމަށް ހުޅުވާލި އިއުލާން ހިއްސާކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ފޭސްބުކްގައި ކުރެެްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގެ ސަރުކާރުގެ 2 ސްކޫލެއްގައި މިއަހަރު އޭލެވެލް އަށް ކިޔެވުމަށް ފުރުސަތު ލިބިގެން ދާނެކަމަށެވެ. ސީ.އެޗް.އެސް.އީ-މާލެ އަދި ސީ.އެޗް.އެސް.އީ-ހުޅުމާލެކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަފިއު ވިދާޅުވީ އަމިއްލަ ސްކޫލްތަކުން އޭލެވެލް ކިޔަވާކުދިންނަށް ދެން ސަރުކާރުން ފީ ދައްކާނީ މިނިސްޓްރީގެ ފަރާތުން އަމިއްލަ ސްކޫލަށް ފޮނުވާ ދަރިވަރުންނަށް އެކަނިކަމަށެވެ. 

" މި ފުރުސަތު ހުޅުވާއެކު، ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ސްކޫލްތަކުގެ ދަރިވަރުންނަށް ފީ ދައްކާނީ، ސަރުކާރުގެ އޭލެވެލް ސްކޫލަކަށް އެޕްލައިކޮށް ޖާގަ ނުލިބިގެން މިނިސްޓްރީގެ ފަރާތުން އެފަދަ ސްކޫލަކަށް ފޮނުވާ ދަރިވަރުންނަށް." މިނިސްޓަރު ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ބަދަލު އައި ނަމަވެސް މިނިސްޓަރު ވިދާޅުވީ އަމިއްލަ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު ފީ ލިބެމުންދާ ދަރިވަރުންނަށް އެ ދަރިވަރުން ގްރޭޑް 12 ނިމެންދެން  މިނިސްޓްރީގެ ފަރާތުން ފީ ދައްކަމުންގެންދާނެކަމަށެވެ. އަދި މާލޭގެ ކޮމިޔުނިޓީ ސްކޫލް (އަވަށު ސްކޫލް) ތަކަށް މިހާރުވެސް ފީ ލިބެމުންދާ އުސޫލުން ފީ  ލިބޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ

ސީއެޗްއެސްސީގެ އިތުރުން ވިލާ ހައި ސްކޫލުންނާއި އަހްމަދިއްޔާ އިންޓާނޭޝަނަލް ސްކޫލުން ގިނަ އަދަދެއްގެ ކުދިން އަންނަނީ އޭލަވެލަށް ކިޔަވަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް