ads
ޕެރަ އޮލިމްޕިކްސް ގޭމްސްއަށް ފާތުން އަދި ރައްޒާގު
ޕެރަ އޮލިމްޕިކްސް ގޭމްސްއަށް ފާތުން އަދި ރައްޒާގު
ޕެރަ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހިމާއި އަބްދުރައްޒާގަށް ލިބިއްޖެ އެވެ.
Advertisement

ފާތިމަތު އިބްރާހިމާއި އަބްދުރައްޒާގަކީ ލޮލަށް ފެނުމުން މަހުރޫމް ވެފައިވާ ދެ އެތްލީޓުންނެވެ. އެ ދެ އެތްލީޓުންނަށް ޕެރަލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ދިނީ ރާއްޖޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ދެ ދުވުންތެރިންނަށް ވާތީ އެވެ.

އޮލިމްޕިކްސްގެ ޕެރަ ކަޓަގަރީ ނުވަތަ ޕެރަލިމްޕިކްސްއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށް ދުނިޔޭގެ އޮލިމްޕިކް ކައުންސިލުން ބާއްވާ ގޭމްސް އެކެވެ. ކޮންމެ އަހަރަކު ވެސް އޮލިމްޕިކްސް އަށް ފަހު ޕެރަ ގޭމްސް، އޮލިމްޕިކްސް ބޭއްވި ގައުމުގައި ބާއްވަ އެވެ. 

މި ފަހަރު ޕެރަލިމްޕިކްސް ވެސް އޮންނާނީ ފްރާންސްގެ ޕެރިހުގަ އެވެ. ފާތުންނާއި ރައްޒާގް، ފްރާންސަށް ފުރާނީ މި އަންނަ އަންގާރަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް