ads
ޖަޕާނުން ހިލޭ ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި - ފޮޓޯ: މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
ޖަޕާނުން ހިލޭ ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި
ޖަޕާނުން ރާއްޖެއަށް ދޭ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް"ގެ ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

ހަޔާ އެޑިއުކޭޝަން މިނިސްޓުރީން އެކުސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މި ސްކޮލާޝިޕްއަކީ ޖަޕާންގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް ދޭ ސްކޮލާޝިޕް ފުރުސަތެއް ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓުރީން ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)ގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ މިޑޮރީ ޓަކެއުޗީ އެވެ.

މި ކަމާއި ގުޅިގެން މިނިސްޓްރ މާރިޔާ ވިދާޅުވީ، މި ސްކޮލަޝިޕަކީ ރާއްޖޭގައި ތިބި ސިވިލް ސާރވިސް މުވައްޒަފުން ޖަޕާނުގެ މަގްބޫލު ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މިފަދަ ފުރުސަތުތަކަކީ އެ ދަރިވަރުންނަށް ލިބޭ އަމިއްލަ ކުރިއެރުމުގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

"މި ސްކޮލަރޝިޕް އަކީ ހަމައެކަނި ދިވެހި ސަރުކާރުގެ ސިވިލް ސާރވިސް މުވައްޒަފުންގެ ތައުލީމައްޓަކައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ނޫން. މިއީ ދިވެހިރާއްޖޭގެ މުސްތަގްބަލް ބިނާ ކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ޖަޕާނުން މަތީ ތައުލީމު ހާސިލުކޮށް ރާއްޖެ އަންނަ ޒުވާނުންނަކީ މުސްތަގުބަލުގައި ރާއްޖޭގެ ކުރިއަރުވައި ހިންގަން ތިބި ވެރިން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް