ads
ތައިލެންޑްގެ އާ ބޮޑުވަޒީރު ޕޭޓޯންގްޓާން ޝިނަވާތު
ތައިލެންޑްގެ ބޮޑުވަޒީރަކަށް ތަކްސިންގެ ދަރިކަނބަލުން
ސިޔާސީ މަސްރަހަށް އަސްކަރިއްޔާ ވަރަށް ބޮޑަށް އަތްގަދަކޮށްފައިވާ ތައިލޭންޑްގެ ބޮޑުވަޒީރުގެ މަގާމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކުސިން ޝިނަވާތުގެ ދަރިކަނބަލުން ޕޭޓޯންގްޓާން ޝިނަވާތު އައްޔަންކޮށްފި އެވެ.
Advertisement

އުމުރުފުޅުން 37 އަހަރުގައި އެކަމަނާ ވެގެންދާނީ އެގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ. އަދި ބޮޑުދައިތަ ޔަންގްލަކްއަށް ފަހު އެ މަގާމަށް އިންތިހާބުވި ދެވަނަ އަންހެން ބޭކަނބަލަށެވެ.

ގާނޫނުހަދާ މަޖިލީހުގައި ބޮޑު ވަޒީރަކު ހޮވުމަށް މިއަދު ނެގި ވޯޓުގައި ޕޭޓޯންގްޓާންއަށް ވަނީ 319 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ދެކޮޅަށް ލިބިފައިވަނީ 145 ވޯޓެވެ.

ތައިލެންޑްގެ އެލައިޓް ސްކޫލްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކުރެއްވި ޕޭޓޯންގްޓާން އަކީ ވެރިކަން ކުރާ ފީއު ތައި ޕާޓީގެ ލީޑަރަކަށް ވިޔަސް، އޭނާ އަކީ އިންތިހާބުކޮށްފައިވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ނޫނެވެ. އަދި ބޮޑުވަޒީރަކަށް ވުމަށް އެއީ ލާޒިމު ކަމެއް ވެސް ނޫނެވެ. ޕައޭޓޮންގްޓާން އަކީ ބޮޑުވަޒީރުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓެވެ. 

އެންމެ ފަހުން ހުންނެވި ބޮޑުވަޒީރު މީގެ ދެ ދުވަސް ކުރިން ދުސްތޫރީ ކޯޓުން ދުރުކުރީ އަހުލާގާ ހިލާފުވި ކަމަށް ބުނެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ސްރެތާ މަގާމު ގެއްލިއްޖެ ކަމަށް ގާނޫނު ހަދާ މަޖިލީހުން މީގެ ދެ ދުވަސް ކުރިން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރި ގާނޫނީ ވަކީލެއް ކެބިނެޓުގައި ހިމެނުމުން އެ ކަމަކީ ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކުރެއްވި ކަމަށް ކަނޑައަޅައިފަ އެވެ.

ސްރެތާއަށް ބޮޑުވަޒީރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށް ހުކުމްކުރީ ތައިލެންޑްގެ ދުސްތޫރީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޖުމްލަ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ސްރެތާގެ ކެބިނެޓަށް އައްޔަންކުރި ޖަލު ހުކުމްއިއްވި ވަޒީރަކީ ޕީޗީތް ޗޫންބާން ނަމަކަށް ކިޔާ ބޭފުޅެކެވެ. އޭނާއަކީ ކުރިން ތަކްސިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އުުޅުއްވާފައިވާ ތަކްސިންގެ އަރިސް ބޭފުޅެކެވެ.

ދޭތެރެ ދޭތެރެއިން ވެރިކަމުގެ ބާރުގެ ތެރެއަށް އަސްކަރިއްޔާ ވަދެގަނެ ބޮޑުވަޒީރުން މަގާމުން ދުރުކުރުމުގެ ކިތަންމެ ރެކޯޑެއް ތައިލޭންޑްގައި އޮވެ އެވެ. ސްރެތާ ތަވީސިން ބޮޑުވަޒީރު ކަމުގެ މަގާމުން ކޯޓުން ދުރުކުރުމާއެކު އޭނާ ވެފައިވަނީ މިދިޔަ 16 އަހަރުގެ ތެރޭގައި އެ ކޯޓުން މަގާމުން ވަކި ކުރި ހަތަރުވަނަ ބޮޑު ވަޒީރަށެވެ.

ޕެޓޮންގްޓާންގެ ބައްޕަ ތަކްސިންއާއި ދައްތަ ޔިންގްލަކް ހިމެނޭ ގޮތަށް ތިން މީހުން ވެރިކަމުން ދުރުކޮށްފައިވަނީ ވެސް އަސްކަރީ ބަގާވާތްތަކުން ނުވަތަ ދުސްތޫރީ ކޯޓުތަކުގެ ހުކުމްތަކުންނެވެ.

ތައިލެންޑްގެ ދުސްތޫރީ އެންމެ މަތީ ކޯޓުގެ ނަމުގައި ނަންދީފައިވާ ކޯޓަކީ އެ ގައުމުގެ "ސްޕްރީމް" ކޯޓެވެ. އެ ކޯޓުގެ ހުކުމަކީ އެންމެ ފަހުގެ ހުކުމެވެ. އެހެން ކޯޓެއްގައި އިސްތިއުނާފު ނުކުރެވޭނެ ހުކުމެކެވެ. އަދި ދުސްތޫރީ ކޯޓުގެ ފަނޑިޔާރުންނާއި އަސްކަރީ ވެރިންގެ ގުޅުން އަބަދުވެސް ފެންނަނީ ބަދަހި ކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް