ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅާ، ބިރު ދައްކާ ފޭރިގަނެފައިވާކަމަށެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށްވެސް މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައިވެއެވެ.
އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނެތެވެ. މި މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނުކުރާކަމެއްވެސް ފުލުހުން ނުބުނެއެވެ.
އެންމެފަހުން ފުލުހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2620 މައްސަލަ ވަނީ ހުށައަޅާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;