ads
ރާއްޖޭގެ ރެފްރީންގެ ތެރެއިން ފީފާ ބެޖު ހާސިލްކުރި ފުރަތަމަ ދިވެހި ރެފްރީ މައްލާ ޅަތުއްތު
މައްލާ ޅަތުއްތުގެ ކަށުނަމާދު މިރޭ މަޣްރިބަށްފަހު މަރުކަޒުގައި
ރާއްޖޭގެ ރެފްރީންގެ ތެރެއިން ފީފާ ބެޖު ހާސިލްކުރި ފުރަތަމަ ދިވެހި ރެފްރީ މައްލާ ޅަތުއްތު ކަށު ނަމާދު މިރޭ މަޣްރިބަށްފަހު މަރުކަޒުގައި އޮންނާނެއެވެ.
Advertisement

އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މައްލާ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. 

މައްލާ ޅަތުއްތުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިރޭ މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މައްޔިތާއަށް ޒިޔާރަތްކުރުން އޮތީ 14:30 ފެށިގެން އިސްލާމީ މަރުކަޒުގައެވެ. ޖަނާޒާގެ ކަންކަން އޮންނާނީ ގަލޮޅު ސަހަރާގައެވެ. 

ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ މައްލާ ޅަތުއްތަކީ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހާއްސަކޮށް، ފުޓްބޯޅައިގެ މައިދާނުގައި ވަރަށް މަޝްހޫރު ނަމެކެވެ. ރާއްޖޭގެ ފުޓްބޯޅަ ރެފްރީންގެ ވާހަކަ ދައްކާނަމަ، އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅެކެވެ.

ދިވެހިރާއްޖޭގައި ފުޓްބޯޅަ ރެފްރީކަން، އެންމެމަތީ ފަންތީގައި، ދިގު މުއްދަތެއްގައި ކުރައްވައި، ވަކިން ޚާއްޞަކޮށް، ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރައްވައި އުފެއްދެވުމަށް މައްލާ ޅަތުއްތު ގިނަގުނަ އަދި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ. ފުޓްބޯޅަ ކުޅުއްވަން ފެށްޓެވީ މަދަރުސީ ދައުރުގަ އެވެ. އޭގެފަހުން 1969 ވަނަ އަހަރުން ފެށިގެން ޤައުމީ ފެންވަރުގައި ކުޅުއްވަން ފެށްޓެވި އެވެ. މިގޮތުން މާލޭ ޓެނިސް ކުލަބަށާއި އަދި ފަހުން މޫން ސްޕޯޓްސް ކުލަބަށް ފުލްބެކްގެ މަގާމުގައި ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި މައްލާ ޅަތުއްތު ކުޅުއްވިއެވެ. ހަމައެއާއެކު، 1969 ވަނަ އަހަރުން ފެށިގެން ރެފްރީއެއްގެ ގޮތުގައިވެސް ދަނޑަށް ނުކުންނަވަން ފެށްޓެވި އެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅަ ރެފްރީކަން ނުވަތަ ފީފާ ބެޖް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ދިވެހި ދެ ރެފްރީންގެ ތެރެއިން އެއް ރެފްރީއަށް ވެވަޑައިގަތުމުގެ ޝަރަފުގެ އިތުރުން، ފީފާގެ ބެޖު ޖައްސަވައިގެން، ރާއްޖޭގައި އެންމެ ފުރަތަމަ ރެފްރީކަން ކުރެއްވުމުގެ ޝަރަފުވެސް 1990 ގައި މައްލާ ޅަތުއްތުއަށް ލިބިވަޑައިގެންފައިވެ އެވެ. 

އަދި ފީފާ ރެފްރީއެއްގެ ގޮތުން، 1990 އިން 1993 އަށް ބައިނަލްއަޤްވާމީ އެތައް މެޗެއްގައި ރެފްރީކަން ކުރެއްވި އެވެ. މީގެތެރޭގައި، 1985 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އޭޝިއަން ކުލަބް ޗެމްޕިއަންޝިޕްގައްޔާއި، 1991 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ފަސްވަނަ ސާފް ގޭމްސްގައި މައްލާ ޅަތުއްތު ރެފްރީކަން ކުރެއްވި އެވެ. އަދި ސްރީލަންކާގެ ފުރަތަމަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތްތަކުގައި 1984 ވަނަ އަހަރާއި 1985 ވަނަ އަހަރު ރެފްރީކަން ކުރެއްވިއެވެ. 1995 ވަނަ އަހަރު ރެފްރީކަން ކުރެއްވުން މައްލާ ޅަތުއްތު ރަސްމީކޮށް ހުއްޓަވައިލެއްވީ، އޭރު ފީފާ ބެޖު ލިބޭ އުމުރު ހަމަވުމުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް