ads
ދިވެހި ޕެރަލިމްޕިކްސް ޓީމާ ޖޯޒީ ހަވާލުކުރުން
ދިވެހި ޕެރަލިމްޕިކްސް ޓީމާ ޖޯޒީ ހަވާލުކޮށްފި
ޕެރަ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރާ ދިވެހި އެތްލީޓުންނާ ޖޯޒީ ހަވާލުކޮށްފިއެވެ.
Advertisement

ޕެރަ އޮލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވަނީ ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހިމާއި އަބްދުރައްޒާގަށެވެ. މި އެތްލީޓުންނާއި ދިވެހި ކޮންޓިންޖެންޓުގެ އެހެން ބައިވެރިންނަށް ޖޯޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރުއެވެ.

ފާތިމަތު އިބްރާހިމާއި އަބްދުރައްޒާގަކީ ލޮލަށް ފެނުމުން މަހުރޫމް ވެފައިވާ ދެ އެތްލީޓުންނެވެ. އެ ދެ އެތްލީޓުންނަށް ޕެރަލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ދިނީ ރާއްޖޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ދެ ދުވުންތެރިންނަށް ވާތީ އެވެ.

އޮލިމްޕިކްސްގެ ޕެރަ ކަޓަގަރީ ނުވަތަ ޕެރަލިމްޕިކްސްއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށް ދުނިޔޭގެ އޮލިމްޕިކް ކައުންސިލުން ބާއްވާ ގޭމްސް އެކެވެ. ކޮންމެ އަހަރަކު ވެސް އޮލިމްޕިކްސް އަށް ފަހު ޕެރަ ގޭމްސް، އޮލިމްޕިކްސް ބޭއްވި ގައުމުގައި ބާއްވަ އެވެ.

މި ފަހަރު ޕެރަލިމްޕިކްސް ވެސް އޮންނާނީ ފްރާންސްގެ ޕެރިހުގަ އެވެ. ފާތުންނާއި ރައްޒާގް، ފްރާންސަށް ފުރާނީ މި އަންނަ އަންގާރަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް