ads
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގެ ޓުއަރިޒަމް ޒޯންއަށް ޒިޔާރަތްކުރުމުގެ ތެރެއިން
އައްޑޫގެ ޓޫރިޒަމް އިނގިރޭސި މާކެޓަށް ޕްރޮމޯޓު ކުރަނީ
އައްޑޫގައި އިނގިރޭސިން އުޅުނު ކަމުގެ ނިޝާންތައް އަދިވެސް އެބަހުރި ކަމަށާއި، ހެރިޓޭޖް ވުޒާރާއާ ގުޅިގެން އެތަންތަނުގެ އާބާތުރަ ފިލުވައި ޓޫރިޒަމަށް ފައްކާ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ފުރިހަމަ ސިޓީ ބްރޭންޑެއް ތަރައްގީކޮށް ޕްރިމިއާ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓު ކުރުމަށް 'ޑެސްޓިނޭޝަން އައްޑޫ 2024'ގެ ނަމުގައި މިއަދު އައްޑޫގައި ފެށި ސަމިޓު އިފްތިތާހުކޮށް ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ އަކީ ތާރީހާއި ގުދުރަތީ ރީތިކަމަށް ބަލާއިރު މުއްސަނދި ތަނެއް ކަމަށެވެ. އެކަށީގެންވާ ގޮތަށް އައްޑޫ ބްރޭންޑުކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނަށް ނެރެވޭނެ މަގު ތަނަވަސް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

ފައިސަލް ވިދާޅުވީ، އިނގިރޭސިން މީގެ ކުރިން އައްޑޫގައި އުޅުނު އިރު ހަދާފައި ހުރި ތަންތަން މިހާރުވެސް އެބަހުރި ކަމަށެވެ. އަދި ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެރިޓޭޖު މިނިސްޓްރީ އާ ގުޅިގެން އެތަންތަނުގެ އާބާތުރަ ފިލުވައިޓޫރިޒަމަށް ފައްކާ ކުރަން ނިންމާފައިވާ ކަމަށާއި އިނގިރޭސިވިލާތުގައި އޮންނަ ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވެ، އައްޑޫ ޕްރޮމޯޓް ކުރަން ސިޓީ ކައުންސިލުން ވެސް ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"ހާއްސަކޮށް އިނގިރޭސި މާކެޓަށް އައްޑޫ ވަރަށް ބޮޑަށް ޕްރޮމޯޓު ކުރެވިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.

އައްޑޫ ބްރޭންޑުކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނަށް ނެރެވޭނެ މަގު ތަނަވަސް ކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ އައްޑޫގެ ޓޫރިޒަމް ކުރިއަރުވާ ޕްރޮމޯޓް ކުރުމުގެ މަސައްކަތަށް އެމްއެމްޕީއާރުސީން އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ކައުންސިލަށާއި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެއްވައިފަ އެވެ.

ރާއްޖެއާއި އިނގިރޭސިިވާތާ ދެމެދު 1887ގައި ހެދި މުއާހަދާއެއްގެ ދަށުން، އިނގިރޭސި ހިމާޔަތުގައި އޮތް ދުވަސްވަރު އެ ގައުމުގެ ސިފައިން އައްޑޫގައި ވަޒަންވެރިވެގެން ދިރިއުޅުނެވެ. އޭރު އިނގިރޭސިން އައްޑޫގައި އެއާޕޯޓެއް ހަދައި، ކާރުހާނާތައް ހިންގިއެވެ.

އިނގިރޭސިން ބޭނުންކުރި އިމާރާތްތައް ގަމުގައި ހުރި ނަމަވެސް، އެ ތަންތަން މިހާރު ދަނީ ވީރާނާވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް