ހޮޓެލް ޖެންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 04:00 ޖަހަން ދެން ނެވެ.
ފޯރަމްގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ތައި އެކްސްޕޯޓަރުންގެ އިތުރުން އެކި ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.
މިފޯރަމް އިންތިޒާމު ކުރާ ފަރާތުން ބުނީ މީގެ ސަބަބުން ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ތަނަވަސްވެގެން ދާނެ ކަމަށެވެ.
މިދިޔަ އަހަރު ވެސް މި ފޯރަމް ވަނީ ކާމިޔާބުކަމާއެކު ބާއްވާފަ އެވެ. އެ ފަހަރު ވެސް ގިނަ ބަޔަކު ފޯރަމްގައި ބައިވެރިވި އެވެ.