ads
ގެސްޓުހައުސް ވިޔަފާރި ކުރިއަރުވަން ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ - ފޮޓޯ:އެމްއައިބީ
ގެސްޓުހައުސް ވިޔަފާރި ކުރިއަރުވަން ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަންނަ އޮކްޓޯބަރު 10، ގައި ގެސްޓްހައުސް ސިމްޕޯޒިއަމްއެއް ބާއްވަން ނިންމާފައިވާކަން މިއަދު އިއުލާންކޮށްފި އެވެ.
Advertisement

މިކަމާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، މި ފޯރަމަކީ ގެސްޓްހައުސްތަކާ ލިވަބޯޑްސްތަކާއި ސަޕްލަޔަރުން ދާއިރާއާ ގުޅުންހުރު ކަންކަމާ މަޝްވަރާކޮށް، ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަގުފަހި ކުރުމަށް ބާއްވާ ފޯރަމެއް ކަމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ސިމްޕޯޒިއަމްގެ ޕާޓްނަރުންނާ އެކު ސޮއިކުރާނެ ކަމަށާއި ހަރަކާތުގައި ބައިވެރިވުމަށް ހުންނާނީ ލިމިޓެޑް ސްލޮޓްތަކެއް ކަން ރިޒާ ވަނީ ފާހަގަކުރައްވާފަ އެވެ. 

"ސިމްޕޯޒިއަމްގަައި ސްޓޯލްތައް ހުންނާނެ. އެ ސްޓޯލްތަކުން ޕްރޮޑަކްޓަކާ ބެހޭ މައުލޫމާތުތައް ދިނުމުގެ ފުރުސަތު ލިބޭނެ. ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށްދާނެ. ދާއިރާތަކުގެ ތަޖުރިބާ ލިބިފައި ހުރި މީހުންގެ ތަޖުރިބާ ވެސް ހިއްސާ ކުރެވިގެންދާނެ. މަގްސަދަކީ ކުރިއަރަމުން އަންނަ ދާއިރާތަކުގެ މީހުން ގުޅުވާލަ ދިނުމަށް އެހީތެރިވެދިނުން،" ރިޒާ ވިދާޅުވި އެވެ.

އެމްއައިބީގެ ތިން ވަނަ "ގެސްޓް ހައުސް ސިމްޕޯޒިއަމް 2024" ގައި ގާތްގަނޑަކަށް 150 ސްލޮޓް ދޫކުރާނެ އެވެ. ކްރޮސް ރޯޑްސްގައި ބާއްވާ މި ސިމްޕޯޒިއަމްގައި ބައިވެރިވާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރު ހުސެއިން އާލިމް ޝަކޫރު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ސިމްޕޯސިއަމް ދެ ފަހަރެއްގެ މަތިން ބާއްވާފައިވާ އިރު އެ ތަޖުރިބާ އިން ވެސް އެނގުނީ، ނެޝަނަލް ލެވެލްއެއްގައި އެފަދަ ފޯރަމެއް ބާއްވަން ޖެހޭ ކަމެވެ.

މި ހާއްސަ ސިމްޕޯޒިއަމް އާއި ގުޅޭގޮތުން ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ އެ ސިމްޕޯޒިއަމުން ޕްރޮޑަކްޓްތައް ފައިނޭންސް އަދި މާކެޓް ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްވެގެންދާނެ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް