ads
ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާއެއް ހަދަން ފަހުމުނާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ/ އެމްޑަބްލިއުއެސްސީ
މީރު ފެން އުފެއްދާ ނިޒާމެއް ކަނޑުއަޑީގައި ބަހައްޓަން ދިރާސާއެއް ހަދަނީ
މީރުފެން އުފައްދާ ނިޒާމެއް ކަނޑު އަޑީގައި ގާއިމުކުރުމަށް ދިރާސާ ފެށުމަށް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ނޯވޭގެ ފްލޯޝަން ކުންފުންޏާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

އެ ދިރާސާ ހަދަން ހަވާލު ކުރީ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަންއާ އެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ ފްލޯޝަން އެވެ. އެ ކުންފުންޏަކީ ފެން އުފައްދާ ނިޒާމު ކަނޑު އަޑީގައި އިންސްޓޯލް ކޮށްދޭ ކުންފުންޏެވެ. 

އެމްޑަބްލިއެސްސީން ބުނީ، މި ދިރާސާގައި ކަނޑު އަޑީގައި އާރްއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދައި އެކަމަށް ބޭނުންވާ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން ފެންއުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، މި ދިރާސާގައި އެމްޑަބްލިޔުއެސްސީގެ މައިގަނޑު ދައުރަކަށްވާނީ މިކަމާ ގުޅުވައި މިހާރަށް ލިބެންހުރި މައޫލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުން ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިވުމާއި ރާއްޖޭގައި މި ދިރާސާ ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައިވެ އެވެ.

"މި ދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާ ބެހޭ ސިޔާސަތުތަކުގެ އިތުރުން އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ" އެމްޑަބްލިޔުއެސްސީން ބުނެފައިވެ އެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މާލެ ސަރަހައްދަށް ބޭނުންވާ މީރު ފެން އުފެންދުމުގެ ނިޒާމެއް ކަނޑު އަޑީގައި ގާއިމްކުރެވުމާއެކު ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ފެން ޕްލާންޓް ގާއިމްކުރުމަށް ބިމެއް ބޭނުން ނުވުމުގެ އިތުރުން މިހާރަށްވުރެ ހަރަދު ކުޑަކޮށް، ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް އޮޕަރޭޓުކުރެވިދާނެކަން މަތީން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިހާރު މިބަލަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ގާތްގަނޑަކަށް 1.5 ކިލޯ މީޓަރު ދުރުމިން އައްސޭރި ފަށުން ފަށައިގެން. އެތަނުގައި ނިޒާމު ގާއިމްކުރަން. އެތަނުން 500 މީޓަރު އެބަދެވޭ އަޑިއަށް. ދިރާސާތަކުން އެބަބުނޭ އެހާ އަޑީގައި ހުންނަ ފެނުގައި ލޮނު ހުންނަ މިންވަރު ދަށް ކަމަށްވެސް." މަތީން ވިދާޅުވި އެވެ.

މީގެއިތުރުން، އެމްޑަބްލިއުއެސްސީން ބުނީ މި ދިރާސާގެ އަލީގައި ކަނޑު އަޑީގައި ފެން އުފްއްދާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފައްދާ، ރައްކާ ކުރެވޭ ނިޒާމުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށެވެ. އަދި، ދިރާސާގެ ތެރެއިން އާ އީޖާދީ ހޯދުންތައް ހޯދޭނެ ކަން ވެސް އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް