
އެޝޯގައި ލީޑު ރޯލަކުން ފެނިގެންދަނީ ރުދްރާކްސް ކުރާނާ އާއި ޕްރިޝާއެވެ. ރުދްރާކްސްގެ ރޯލުން އަބްރާރް ގާޒީ ފެނިގެންދެއެވެ.
އަބްރާރް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ދާދި ފަހުން އަބްރާރް ވަނީ އިންޑިއާގެ ނޫހަކަށް ހާއްސަ އިންޓަވިއު އެއް ދީފައެވެ. އެއިންޓަވިއުގައި އެނާ ވަނީ އަބްރާރްގެ ރޯލާއި ކާސްޓުންނާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.
އޭގެ އިތުރުން ސަޕޯޓަރުން އޭނާއަށް ކުރާ ބައެއް ކޮމެންޓުތަކުގެ ވާހަކަ ވެސް އޭނާ ވަނީ ކިޔާދީފައެވެ. އެގޮތުން މީހުން އޭނާގެ ލޯ ވަރަށް އަސަރު ގަދަ ކަމަށް ބުނާ ކަމަށް އަބްރާރް ވަނީ ބުނެފައެވެ.
ކޮވިޑް19 އާ ގުޅިގެން އިންޑިއާ 21 ދުވަހަށް ލޮކްޓައުން ކުރުމާ ގުޅިގެން ޓީވީ ޝޯތަކުގެ އާ އެޕިސޯޑުތައް ދެއްކުން މިވަނީ ހުއްޓާލާފައެވެ. އެގޮތުން ސްޓާޕްލަހާއި ސްޓާ ބާރަތުން ގެނެސްދޭ ގިނަ ޑްރާމާތަކުގެ އާ އެޕިސޯޓުތައް މިހާރު ނުގެނެސްދެއެވެ.