ads
އާމިރު ހާން
އާމިރު ހާން: އަހަރެން މީ ރީތި މީހެއް ނޫން
ރިއާ ޗަކްރަބޯޓީ އޭނާގެ އަމިއްލަ ޕޮޑްކާސްޓެއް ކަމުގައިވާ "ޗެޕްޓަރ 2" ފަށައިފިއެވެ. މި ޕޮޑްކާސްޓްގެ ދެވަނަ މެހެމާނަކީ ސުޕަ ސްޓާ އާމިރު ހާނެވެ. މިއަދު ނެރުނު ޕްރޮމޯގައި އެ ދެމީހުން ހިތާމައާއި، ތެރަޕީއާއި، ފިލްމު އިންޑަސްޓްރީއާ ބެހޭގޮތުން ވާހަކަދައްކައިފިއެވެ.
Advertisement

ޕްރޮމޯގައި ރިއާ އާމިރުގެ ރީތިކަމަށް ތަޢުރީފުކުރިއެވެ. ނަމަވެސް އާމިރު ބުނީ ރިތިކް ރޯޝަން، ޝާރުކް ހާން އަދި ސަލްމާން ހާން ފަދަ މީހުންނަކީ ރީތި މީހުން ކަމަށާއި އޭނާއަކީ އެފަދަ ރީތި މީހެއް ނޫން ކަމަށެވެ. ރިއާ އެއަށް އިންކާރުކޮށް ބުނީ އޭނާއާއި މުޅި ޤައުމުވެސް ދެކޭގޮތުގައި އާމިރަކީ ވެސް ރީތި މީހެއް ކަމަށެވެ.

އާމިރު އިތުރަށް ބުނީ މީހުން އޭނާގެ ފެޝަން ސެންސަށް ފާޑުކިޔާ ކަމަށެވެ. ރިއާ ޖަވާބުދިނީ އޭނާ ތަޢުރީފުކުރީ އާމިރުގެ ރީތިކަމަށް ކަމަށާއި ފެޝަން ސެންސަކަށް ނޫން ކަމަށެވެ. އާމިރު ރިއާގެ ހިތްވަރަށް ތަޢުރީފުކުރިއެވެ.

އެ ދެމީހުން ހިތާމައާއި ތެރަޕީއާ ބެހޭގޮތުން ވާހަކަދެއްކިއެވެ. އާމިރު ބުނީ ތެރަޕީގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ދެ ވަނަ ބައި ފެށުނު ކަމަށެވެ. އަދި އެކްޓިން އިން ދުރުވާން ބޭނުންވާ ކަމަށްވެސް ބުންޏެވެ. މި އެޕިސޯޑް ޔޫޓިއުބްގައި 23 އޯގަސްޓް 2024 ގައި ދައްކާނެއެވެ.

އާމިރު ހާންގެ އެންމެ ފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ނެރުނު "ލާލް ސިން ޗައްދާ" އެވެ. މި ފިލްމަށް ރަނގަޅު ރިވިއުތައް ލިބުނު ނަމަވެސް، ބޮކްސް އޮފީހުގައި އެކަށީގެންވާ ވަރަށް ކާމިޔާބު ނުވިއެވެ. މި ފިލްމުގައި ކަރީނާ ކަޕޫރު ހާން، މޯނާ ސިން އަދި ނާގާ ޗައިތަންޔާ ވެސް ބައިވެރިވެފައިވެއެވެ.

އާމިރު ހާން ދެން ފެނިގެންދާނީ އާރު.އެސް. ޕްރަސަންނާގެ "ސިތާރޭ ޒަމީން ޕަރު" ފިލްމުގައެވެ. މި ފިލްމުގައި ޖެނީލިއާ ޑިސޫޒާ ވެސް މައި ދައުރެއް އަދާކުރެއެވެ. މި ފިލްމު މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ވަނީ ނިންމާފާއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް