3.1 މިލިއަން ރުފިޔާއަށް މިނިސްޓަރު ހަލީލް ހުޅުމާލެއިން ގަތީ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ. 1235 އަކަފޫޓްގެ މި ފްލެޓަށް ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާ ނިންމުމުން ހަލީލްގެ ނަމަށް ކޯޓުން ބަދަލުކޮށްދިނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.
ފްލެޓުގެ މިލްކުވެރިކަން ބަދަލުކުރަން އެޗްޑީސީން ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
2013 އިން 2018 އަށް ހަލީލު ހުންނެވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުގެ ގޮތުގައި އެވެ.