ލީގުގެ ފުރަތަމަ މެޗުގައި ރިއާލް އެއްވަރުވީ މަޔޯކާއާ ދެކޮޅަށް ކުޅެ އެއް ލަނޑު އެއް ލަނޑުންނެވެ. ބޮޑު އަގުގައި ގެނައި ކީލިއަން އެމްބާޕޭ މި މެޗުގައި ކުޅުނު ނަމަވެސް، މިދިޔަ ސީޒަނުގައި ލީގުގެ 15 ވަނައިގައި ނިންމި މަޔޯކާ ކޮޅަށް ލަނޑެއް ޖެހޭ ގޮތެއް އޭނާއަކަށް ނުވިއެވެ.
މެޗުގައި ރިއާލްއިން ޖެހި ލަނޑު ޖެހީ ރޮޑްރީގޯއެވެ.
ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް ކުޅުނު އެމްބާޕޭ އަށް ރޭގެ މެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް، ޔުއެފާ ސުޕަ ކަޕްގައި އެމްބާޕޭ ލަނޑު ޖެހިއެވެ. އެއީ ރިއާލްއަށް އޭނާ ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.